
ލުބުނާނުގެ އަސްކަރިއްޔާ އިން ބުނީ މި ޙަމަލާގައި ބްރިގޭޑިއާ ޖެނެރަލަކާއި ކެޕްޓަނަކާއި އިތުރު ސިފައިންގެ މީހަކު ޝަހީދުވެފައިވާ ކަމަށް. އިސްރާއީލުން ބުނީ ޙަމަލާ ދިނީ ގޯހެއް އުޅޭ ކަމަށް ޝައްކުކުރެވިގެން ކަމަށް.
4 ދުވަސް ކުރިން - 16:06

އިސްރާއީލު “ނަރަކައަކަށް” ހަދާލެވޭނެކަން އީރާނުން މީގެ ކުރިން ވެސް ވަނީ ދުނިޔެއަށް ސާފުކޮށް ދައްކާލާފަ. އެއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގަ.
4 ދުވަސް ކުރިން - 10:43

އެމެރިކާގެ ހުށަހެޅުމުގައި އިޒުރޭލުން ހަނގުރާމަ ހުއްޓާލާނެ ކަމަށް ބުނެ ގެރެންޓީއެއް ދީފައި ނުވޭ. އަދި ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލުން ފައިނާނެ ޓައިމްޓޭބަލެއް އަދި އެކަމާއި ގުޅޭ ޔަގީންކަމެއް ވެސް ދީފައެއް ނުވޭ. ވޮޝިންޓަނުން މިހާރު އިންތިޒާރު ކުރަމުންދަނީ ލުބުނާނުން ބުނާ އެއްޗަކަށް.
6 ދުވަސް ކުރިން - 11:09

ހިޒްބުالله އިން ބުނީ ރޭ ފަތިހު 3 ފަހަރެއްގެ މަތިން ރޮކެޓް ހަމަލާ ދިން ކަމަށާއި އޭގެތެރެއިން ފުރަތަމަ ހަމަލާ އަކީ “ރޮކެޓުގެ ރާޅެއް: ކަމަށް. ރޭ ވެސް ހިޒްބުاللهއިން ވަނީ އިޒުރޭލުގެ ސިފައިން ތިބި އެކި ތަންތަނަށް ހަމަލާ ދީފަ.
6 ދުވަސް ކުރިން - 07:17

އިސްރާއީލުގެ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ނޯދަން ބުރްޖް، 'އަބާ' އަދި ތިބްނީން ފަދަ ރަށްތަކަށް. މި ހަމަލާތަކުގައި ޖުމްލަ 45 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ. ޒަޚަމްވި މީހުންނަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ހާލު ސީރިއަސް މީހުންވެސް ހިމެނޭ.
8 ދުވަސް ކުރިން - 03:12

ޓްރަމްޕު ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުން އިސްރާއީލުގެ ސިފައިން ފަހަތަށް ޖެއްސުމަށް އެދިވަޑައިގެންފަ. އީރާނުގެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދާނަމަ، އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލާނެ ކަމަށް.
8 ދުވަސް ކުރިން - 06:21

ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކީ ހިޒްބުاللهގެ އެންމެ ބާރުގަދަ ސަރަހައްދުތައް.
9 ދުވަސް ކުރިން - 13:54

މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައިވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ސިފައިން ތިބި ސަރަޙައްދަކާ ކައިރިއަށް.
9 ދުވަސް ކުރިން - 03:48

މި ހަމަލާގެ ކުރިން، މިއަދު މެންދުރުފަހު 2:30 ހާއިރު (ޖީއެމްޓީން 11:30) އިޒްރޭލުގެ އުތުރުގައިވާ ހަނީތާ ސަރަހައްދުގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ވެސް އެ ޖަމާއަތުން ވަނީ ހަމަލާދީފަ.
10 ދުވަސް ކުރިން - 02:59

އިސްރާއީލުގެ ސިފައިން މިހާރު ދަނީ ލިތާނީ ކޯރަށްވުރެ އެތެރެއަށް ވަދެ، ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒުކުރަމުން. ރައްދު ދިނުމުގެ ގޮތުން، ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުން ވަނީ އިސްރާއީލުގެ ސަރަޙައްދުތަކަށް ރޮކެޓް ޙަމަލާތަކެއް ފޮނުވާލާފައިވާކަން އިޢުލާންކޮށްފަ.
10 ދުވަސް ކުރިން - 02:47

މި ހަމަލާގައި 19 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި ހަ އަންހެނުން ހިމެނޭ.
10 ދުވަސް ކުރިން - 02:38

ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުން ދިއުމަކީ ސުލްހައިގެ މަގަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ހާމިޝް ވިދާޅުވި. ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރުމަށް އޭނާ ބާރުއެޅުއްވި.
10 ދުވަސް ކުރިން - 02:12

އިސްރާއީލުގެ ސިފައިން ލުބުނާނުގެ ސަރަހައްދުތަކަށް އިތުރަށް ވަންނަމުންދާ ދިއުމަކީ "ސީރިއަސް ކަންބޮޑުވުމެއް" އޮތް ކަމެއް ކަމަށް ޔޯހަން ވަޑެފުލް ވިދާޅުވި.
10 ދުވަސް ކުރިން - 01:39