ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ޚުތުބާގައި ބުނި.
701 ދުވަސް ކުރިން - 13:03
ޚުޠުބާގައި ޒިނޭގެ ނުރައްކާތެރިކަން ބަޔާންކޮށް، އޭގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ އަދި ޞިއްޙީ ގެއްލުންތައް ފާހަގަކުރުމާއެކު، އިސްލާމްދީނުގައި ޒިނޭއަށް ކަނޑައެޅިފައިވާ އަދަބާއި، މާތްﷲ ގެ މަންހަޖަށް ތަބާވުމުގެ މުހިންމުކަން އިތުރަށް ބަޔާންކޮށްފައިވޭ.
708 ދުވަސް ކުރިން - 13:00
"ގެވެށި އަނިޔާ" އާ ގުޅޭ ގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ނަސޭޙަތްތެރިވެފައިވަނީ ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބުމަށާއި، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނޭކަމަށް.
715 ދުވަސް ކުރިން - 13:14
ޚުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް ކަމަށާއި، ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާޞްތެރިވާން ޖެހޭ ކަމަށް. އަދި ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައި. އަދި ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށް ޚުތުބާގައި ބުނި.
722 ދުވަސް ކުރިން - 13:09
ޚުތުބާގައި ބުނީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށާއި އަދި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށް. ޚުތުބާގައި ބުނީ މިކަމުގައި އެންމެ އިސްކަން ދޭން ޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށް. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށް.
729 ދުވަސް ކުރިން - 13:11
މިއަދަކީ މިފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެ. މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކުދިންނަކީވެސް ޒުވާން ޚަތީބު ޕްރޮގްރާމުން ތަމްރީނު ހޯދައި ސަނަދު ޙާސިލްކުރި ކުދިން ކަމަށް.
743 ދުވަސް ކުރިން - 14:53
ޚުތުބާގައި ބުނީ މަރުވުމުގެކުރިން ތައުބާ ނުވާނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނޭކަމަށް.
743 ދުވަސް ކުރިން - 13:09
ޝެއިޚް ޒައިދު ވިދާޅުވީ ޚުތުބާ ކިތަންމެ މޮޅަސް، ޚުތުބާ ފަރިތަނުކޮށް އައިސް ފަށަ ފަށައިގެން ޖުމްލަ ކިޔުމަކީ އަޑު އަހަން ތިބޭ ބައެއްގެ ޝައުޤުވެރިކަން ގެއްލި ޚުތުބާގެ އަސަރު ކެނޑި، ދޭން ބޭނުންވާ މެސެޖު ފެއިލްވާ ކަމެއް ކަމަށް. މިކަމަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ޚުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ޙަފްތާގައި މުރާޖަޢާކުރާނެ ކަމަށް.
750 ދުވަސް ކުރިން - 15:43
ޚުތުބާގައި ބުނީ ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބޭ ކަމަށާއި ކުށްތަކުން އަހަރެމެން ސަލާމަތްވެގެން ނުވާ ކަމަށް. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނެ ނަމަވެސް ހިތާމައަކީ، ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަން ކަމަށް ޚުތުބާގައި ބުނި. ޚުތުބާގައި ބުނީ އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި، އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެ ކަމަށް.
750 ދުވަސް ކުރިން - 13:55