ޚުޠުބާގައި ބުނީ ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް ކަމަށް. އަދި މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ ކަމަށް ޚުޠުބާގައި ބުނި.
617 ދުވަސް ކުރިން - 13:12
ކީރިތި ޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާކަމަށާއި އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރި.
624 ދުވަސް ކުރިން - 13:47
އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމުކަމެއް ކަމަށާއި، ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވިދާނެކަން ޚުޠުބާގައި ފާހަގަކުރި.
631 ދުވަސް ކުރިން - 13:42
ޚުޠުބާގައި ބުނީ އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށް.
638 ދުވަސް ކުރިން - 13:10
ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯކަމަށާއި ނަމަވެސް މުސްލިމުންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވި.
645 ދުވަސް ކުރިން - 13:12
ޤިޔާމަތްދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި. ނަމާދު ރަނގަޅުވެއްޖެނަމަ އެމީހަކު ކާމިޔާބުވާނެކަމަށާއި، ނަމާދު ފާސިދުވެއްޖެނަމަ ނާކާމިޔާބުވާނެކަމަށް ޚުޠުބާގައި ފާހަގަކުރި.
652 ދުވަސް ކުރިން - 12:53
މިއަދުގެ ފިތުނަވެރި ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމަށާއި، ޙައްޤު މަގުގައި ސާބިތުވެ ތިބުމަށާއި މުސްލިމުންނަކީ ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ޚުޠުބާގައި ގޮވާލި.
659 ދުވަސް ކުރިން - 13:10
އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވަމުން ޚުތުބާގައި ބުނީ، އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެއް ކަމަށް. އެ ދުވަހު އިރު ހުންނާނީ މީސްތަކުންނާއި މޭލަކަށް ކައިރިކުރެވިފައި ކަމަށް ޚުޠުބާގައި ފާހަގަކުރި.
666 ދުވަސް ކުރިން - 12:57
އިޙްސާންތެރިކަމަކީ މުއުމިނެއްގެ ޙަޔާތުގައި އެންމެ މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް. އަދި އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ގިނަގުނަ ދަރުމައާއި ސަވާބު ލިބިގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވޭ.
673 ދުވަސް ކުރިން - 13:10
ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ޙުއްދަވާނެ. އެފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރާ ދޭން ޖެހޭނެ.
680 ދުވަސް ކުރިން - 13:08
ޚުތުބާގައި ބުނީ ﷲ تَعَالَىއާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށް ކަމަށާއި ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުމާއި ބޭކާރު ވާހަކަ ނުދެއްކުން ކަމަށް.
687 ދުވަސް ކުރިން - 13:04
ޚުތުބާގައި ބުނީ ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރުމަކީ ވާޖިބެއް ކަމަށާއި، އިންސާނާ ހޭދަކުރާ އެންމެ ރަނގަޅު ދީނާރަކީ، އޭނާގެ އަނބިދަރީންނަށް ހޭދަކުރާ ދީނާރު ކަމަށް.
694 ދުވަސް ކުރިން - 12:59