Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙައްޤަކާ ނުލައި ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވޭ: ޚުތުބާ

ޙައްޤަކާ ނުލައި ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވޭ: ޚުތުބާ

އަައިޝަތު ޒީނާ
680 ދުވަސް ކުރިން - 8 ނޮވެންބަރު 2024 13:08
ހުކުރު ޚުތުބާގެ ވަޤުތު (އިސްލާމީ މަރުކަޒު)
ހުކުރު ޚުތުބާގެ ވަޤުތު (އިސްލާމީ މަރުކަޒު)
ޚުލާސާ

ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ޙުއްދަވާނެ. އެފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރާ ދޭން ޖެހޭނެ.

ޙައްޤަކާ ނުލައި ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ވެސް ޙަރާމްވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ކައިވެންޏާއި ވަރިއަކީ، އެ ކަންކަމުގައި ސަމާސާކުރުން ހިމެނޭ ކަންކަމެއް ނޫން ކަމަށާއި ކައިވެންޏަކީ މަތިވެރި ގުޅުމެއް ކަމަށެވެ. އަދި ޒަވާޖީ ޙަޔާތުގެ ގުޅުމަށް ބުރޫއަރާ ފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި، ޢަމަލުކުރަންވީ ޝަރުޢީ ގޮތް ކީރިތި ޤުރްއާނުގައި ބަޔާން ވެގެންވާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެ އަރައިރުން ޙައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށްޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ އެއް ގޮތަށް ޢަމަލުކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ވަރީގެ މައިގަނޑު ދެ ބާވަތެއް ވާކަމަށެވެ. އެއީ ރަޖުޢީ ވަރިއާއި ބާއިނު ވަރިއެވެ. ޚުތުބާގައި ބުނީ ރަޖުޢީ ވަރިއަކީ، ފުރަތަމަ ފަހަރާއި، ދެވަނަ ފަހަރު ކުރާ ވަރީގެ ޢިއްދައިގެ ތެރޭގައި، ފިރިމީހާ އޭނާގެ އަނބިމީހާ ރުޖޫޢަކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރި ކަމަށެވެ. އަދި ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ ޢިއްދަ ހަމަވުމާއި، ތިންފަށް ވަރިއާއި ޚުލްޢު ވަރިކަމަށް ޚުތުބާގައި ބުންޏެވެ. ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފިނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement

Advertisement 1

ޚުތުބާގައި ބުނީ ޙުކުމުގެ ގޮތުންވެސް ވަރި ބެހެނީ ދެ ބަޔަކަށް ކަމަށާއި އެއީ ސުންނީވަރިއާއި ބިދުޢީ ވަރި ކަމަށެވެ. ސުންނީވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ ޠުހުރެއްގައި، ޞަރީޙަ ޢިބާރާތުން، ވަރިކޮށްފީމޭ ބުނެ ވަރިކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ބިދުޢީ ވަރިއަކީ އަނބިމީހާ ޙައިޟުގެ ތެރޭގައި ވަރިކުރުމާއި، ޖިމާޢުވެފައިވާ ޠުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށް ވަރިއަކުން ވަރިކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ އެއްފަހަރާ ތިންފަށް ވަރިއަކުން ވަރިކުރުމަކީ ބިދުޢީ ވަރިއެއް ކަމަށާއި އެއީ ސުންނަތާ ޚިލާފު ވަރިއެއް ކަމަށެވެ.

ޚުތުބާގައި ބުނީ ވަރިކުރުން ހުއްދަވާ ސަބަބުތަކުގެ ތެރޭގައި، އަނބިމީހާގެ އަޚްލާޤު ނުބައިވުމާއި، ޒަވާޖީ ޙަޔާތުގެ އިންތަކުން ބޭރުވުމާއި، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނޭ ކަމަށެވެ. އަދި ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ޙަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ވަރިވުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ހަމަ އެފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އޭނާގެ ޙައްޤުތައް އަދާނުކުރާ ނަމަ، އަނބިމީހާއަށް ކައިވެނި ޚުލްޢުކުރުމަށް ހުށަހެޅުން ޙުއްދަވާނެ ކަމަށާއި އެފަދަ ޙާލަތެއްގައި ފިރިމީހާ އޭނާއަށް ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ ޢިއްދައިގެ ތެރޭގައި، އަނބިމީހާ އިންނަން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށާއި، އެއީ އެ ޙާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ޙައްޤު އޮންނާތީ ކަމަށެވެ. އެކަމުން ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޢިއްދައިގެ މުއްދަތުގައި ފިރިމީހާ އޭނާގެ އަނބިމީހާ ދިރިއުޅޭނެ ތަނަކާއި ޚަރަދުބަރަދު ދޭން ޖެހޭއިރު، އަނބިމީހާވެސް ފިރިމީހާއަށް ކިޔަމަންގަންނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ވަރިކުރުމުންނާއި، ފިރިމީހާ މަރުވުމުން ޢިއްދައިގައި އިންނަ އަންހެނާ އިންނަން ޖެހޭނީ، އޭނާގެ ޒަވާޖީ ޙަޔާތުގެ ގޭގައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ޙަރާމްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑަން މީހަކާ އިނުމަކީ ޙަރާމްކަމެއް ކަމަށާއި، ފަށްކަނޑަން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލަޢުނަތްލައްވައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށްވެސް ﷲ ލަޢުނަތްލެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.

ކައިވެންޏާއި ވަރީގެ ޝަރުޢީ ޙުކުމްތަކެއް ކަނޑައެޅިފައިވާ އިރު، އެ ކަންކަން ބެލެހެއްޓުމާއި، ޢާއިލާތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ދައުލަތުން ހަދައިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އެގޮތުން ކޯޓުތަކުގައި ކައިވެންޏާއި ވަރިއާ ގުޅުން ހުރި ކަންކަން ރަޖިސްޓްރީކޮށް، ބެލެހެއްޓުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެ ކަންކަން އެގޮތަށް ނުބެލެހެއްޓިއްޖެ ނަމަ ތަރިކައިން ވާރުތަވުން ފަދަ ޙައްޤުތަކުން، ދެމަފިރީންނާއި ދަރީން މަޙްރޫމުވެދާނެ ކަމަށާއި، އޭގެ ސަބަބުން އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް އުފަންވުމުގެ ބިރު އެބައޮތް ކަމަށް ޚުތުބާގައި ބުންޏެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މައިނާ

680 ދުވަސް ކުރިން - 15:22

ދެން ކޮބާ ހައްގަކާނުލާ ވަރިކުރާ ފިރިހެނުން. އަބަދު އަންހެނުންގެ ވާހަކަތަ ދައްކަނީ. ބަލަ ވަރިއަށް އެދެނީ ކަލޭމެން ފިރިހެނުން އަންހެނުންނާ ދޭތެރޭ ކަންތައްކުރާ ގޮތުންނޭ.

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

36 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

43 ދުވަސް ކުރިން - 13:00