Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއް: ޚުޠުބާ

ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއް: ޚުޠުބާ

އަައިޝަތު ޒީނާ
592 ދުވަސް ކުރިން - 20 ޑިސެންބަރު 2024 13:10
އިސްލާމީ މަރުކަޒު - ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު - ފޮޓޯ: ޚުލާސާ
ޚުލާސާ

ޚުޠުބާގައި ބުނީ އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށް.

ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މީހުންގެ ޚާއްޞަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުސްލިމުން ޣައިރު މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބަޢަވުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށާއި، އޭގެ ތެރޭގައި އެ މީހުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނޭ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

Advertisement

Advertisement 1

"މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން. ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ މިފަދަ ޢަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެ ކަމަށެވެ. އަދި ޞާލިޙު ކޮންމެ ޢަމަލަކީ اللهގެ ޝަޢީރާއެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މާތް الله އެކަލާނގެ ޝަޢީރާތައް މާތްކުރައްވައިފައިވާތީ އަހުރެމެން މުސްލިމުން ވެސް އެ ޝަޢީރާތައް މަތިވެރިކުރާން ޖެހޭނެ ކަމަށެވެ.

ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެންނާއި، އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބުނީ ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްނޫން ކަމަށެވެ. އަދި ދިނާއި އަޤީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ އަނިޔާވެރިނުވާހައި ހިނދެއްގައި، ޞުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުން ކަމަށެވެ. ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރިވެ ޢަދުލުވެރިވުމަކީ މުސްލިމުންނަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33