
މި މަސައްކަތުގެ ދަށުން އިއްޔެ ވަނީ ބައެއް އެޕާޓްމަންޓްތަކުގައި ގްރިލް ހަރުކޮށްދީފަ. މިއީ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އެޅި މުހިންމު ފިޔަވަޅެއް. މި އެހީތެރިކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމު މެދުވެރިކޮށް ވަނީ ހުޅުވާލާފަ.
1 ދުވަސް ކުރިން - 13:27
މި މަޝްރޫޢުގެ ދަށުން ފްލޯޓިންގ ޕޮންޓޫނާއި، ފެންވަރާ ތަނަކާއި، ރޭމްޕެއް ހިމެނޭ ސްވިމިންގ ސަރަޙައްދެއްގެ އިތުރުން، ހިޔާވާ ބެންޗުތަކާއި މަސްކަނޑާ ތަން ހިމެނޭ މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރާނެ. މީގެ މައިގަނޑު މަގްސަދަކީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާޙައުލެއް ފަހިކޮށްދިނުން.
2 ދުވަސް ކުރިން - 08:48
ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގ ފަދަ ތަންތަން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލައި، އެފަދަ ތަންތަން މަރާމާތުކޮށް ގަވާއިދަށް ފައްތަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ. އާންމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެޗްޑީސީން ވަނީ އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލާފަ.
5 ދުވަސް ކުރިން - 14:00
މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަވަސްކުރުމާއި، ޓްރެފިކް މެނޭޖްކުރުން ހަރުދަނާކުރުމާއި، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، ދުވާރުމަތީގައާއި ކަންމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ވަނީ ރޭވިފަ.
9 ދުވަސް ކުރިން - 13:11
މިއީ އަންހެނުން ފަންނީ ދާއިރާތަކުން ބާރުވެރިކުރުވައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް އެޗްޑީސީ އާއި އެމްއައިޓީ ގުޅިގެން ހިންގި ޕްރޮގްރާމެއް. އަދި ކުރިއަށްއޮތް ތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެންވެސް މިފަދަ ހުނަރުވެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ.
12 ދުވަސް ކުރިން - 11:00
އެޗްޑީސީގައި، އެ އިދާރާއާއި، އެމްބީއެސް ގުޅީގެން، އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ލޭހަދިޔާ ކުރުމަށް ބްލަޑް ކޭމްޕެއް ފަށައި، ކޭމްޕު ކުރިޔަށް ދާނީ މިއަދު ހަވީރުވަންދެން އަދި ކުރިންވެސް އެޗްޑީސީއިން މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
24 ދުވަސް ކުރިން - 16:00
މޫސުން އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެޗް.ޑީ.ސީން ވަނީ އެދިފަ. ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ވަނީ ނެރެފަ.
40 ދުވަސް ކުރިން - 14:51
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، ކާނިވަލް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން، އާއިލާތަކަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް އިންތިޒާމުކުރާ އިވެންޓެއް.
48 ދުވަސް ކުރިން - 14:28
މި ކާނިވަލް އޮންނާނީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ. މި ކާނިވަލަކީ ހުރިހާ އުމުރުފުރާއަކާ ގުޅޭނެހެން ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ފަރުމާކޮށްފައިވާ އިވެންޓެއް.
49 ދުވަސް ކުރިން - 16:09
އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ އޮނިގަނޑާއި، ބަޖެޓާއި، މުވައްޒަފުންގެ އުޖޫރައިގެ ތަފްސީލު ހިމެނޭހެން 13 ބާވަތެއްގެ މައުލޫމާތު އާންމުކޮށްފަ. މިއީ 2014 ވަނަ އަހަރު ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިފަދަ މައުލޫމާތުތައް ކުންފުންޏަކުން އިސްނަގައިގެން ހާމަކުރި ފުރަތަމަ ފަހަރު.
71 ދުވަސް ކުރިން - 22:44
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު. ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން. މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހިންނަށް އެކަނި.
80 ދުވަސް ކުރިން - 15:03
މި ބައްދަލުވުމުގައި އެޗްޑީސީގެ އިތުރުން ވެމްކޯ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އީޕީއޭ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. ފަހަކަށް އައިސް ހުޅުމާލޭ ފަޅުތެރެއަށް ގިނަ އަދަދެއްގެ ޕްލާސްޓިކާއި އެހެނިހެން ކުނި ޖަމާވަމުންދާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
83 ދުވަސް ކުރިން - 16:32
ހުޅުމާލޭގެ ފޭސް 1 ގައި ދެ ސަރަހައްދެއް ކަނޑައަޅާފައިވޭ. އެއީ ސެންޓްރަލް ޕާކު އަދި 137 ވަނަ ފުލެޓު ކައިރީގައި ހުންނަ ހެދިކާ ސެންޓަރު ސަރަހައްދު. ފޭސް 2 ގައި މި އިންތިޒާމު ހަމަޖެއްސީ ވިނަރެސް ޓަވަރު 9 ކުރިނަތީގައި އޮންނަ ރޯދަ މާރުކޭޓު ޓެންޓު ސަރަހައްދު.
90 ދުވަސް ކުރިން - 16:51