Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 29 ޖޫން 2026 22:44
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން. / ފޮޓޯ: ޚުލާސާ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ އޮނިގަނޑާއި، ބަޖެޓާއި، މުވައްޒަފުންގެ އުޖޫރައިގެ ތަފްސީލު ހިމެނޭހެން 13 ބާވަތެއްގެ މައުލޫމާތު އާންމުކޮށްފަ. މިއީ 2014 ވަނަ އަހަރު ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިފަދަ މައުލޫމާތުތައް ކުންފުންޏަކުން އިސްނަގައިގެން ހާމަކުރި ފުރަތަމަ ފަހަރު.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ އެންމެހާ މައުލޫމާތުތައް ހާމަކުރި ސަރުކާރު ހިއްސާވާ ފުރަތަމަ ކުންފުނި (އެސްއޯއީ) އަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި ގާނޫނު) ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު އާންމުކުރަން ޖެހެއެވެ. އެޗްޑީސީން މިހާރު ވަނީ އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ފެންނާނެހެން ހާމަކޮށްފައެވެ.

އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި އެޗްޑީސީގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބުތަކުގެ އިތުރުން، ކުންފުނީގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކުގެ ތަފްސީލު ހިމެނެއެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ވަކިވަކިން ދޭ އުޖޫރައާއި، ކުންފުނީގެ ނިންމުންތައް ނިންމުމުގައި އަމަލުކުރާ މަރުހަލާތަކާއި ޒިންމާދާރުކުރުވުމުގެ ނިޒާމު ރޭވިފައިވާ ގޮތް ވެސް މިހާރު އާންމުންނަށް ބަލާލެވޭނެއެވެ.

Advertisement

Advertisement 1

މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތުތަކެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިފަދަ ނިންމުމެއް އެންމެ ފުރަތަމަ ނިންމި ކުންފުންޏަށް ވުމަކީ އެޗްޑީސީއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ވުޒާރާތަކުން މިހާރު ވަނީ އާންމުކުރަން ފަށާފައެވެ. މިއީ 2014 ވަނަ އަހަރު އާރުޓީއައި ގާނޫނަށް އަމަލުކުރަން ފެށި ފަހުން، މިގޮތަށް ދައުލަތުގެ އިދާރާތަކުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ހާމަކުރަން ފެށި ފުރަތަމަ ފަހަރެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ކުރިއަށް ގެންގޮސް، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް، އެމްބީއެސްއާ ގުޅިގެން މިއަދު ބްލަޑް ކޭމްޕެއް ފަށައިފި

އެޗްޑީސީ ސްޓާފުންގެ ފަރާތުން ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް ކުރިޔަށް ގެންދަނީ

10 ގަޑިއިރު ކުރިން - 16:00

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

16 ދުވަސް ކުރިން - 14:51

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

24 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

25 ދުވަސް ކުރިން - 16:09

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

56 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

59 ދުވަސް ކުރިން - 16:32