Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2026 08:48
ހުޅުމާލެ ފޭސް 2 ގެ ބީޗު ސަރަހައްދު. / ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް 2 ގެ ބީޗު ސަރަހައްދު. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މި މަޝްރޫޢުގެ ދަށުން ފްލޯޓިންގ ޕޮންޓޫނާއި، ފެންވަރާ ތަނަކާއި، ރޭމްޕެއް ހިމެނޭ ސްވިމިންގ ސަރަޙައްދެއްގެ އިތުރުން، ހިޔާވާ ބެންޗުތަކާއި މަސްކަނޑާ ތަން ހިމެނޭ މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރާނެ. މީގެ މައިގަނޑު މަގްސަދަކީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާޙައުލެއް ފަހިކޮށްދިނުން.

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ދާ ފަރާތްތަކަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށާއި، އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ އޮންލައިން ސާރވޭއެއް މިހާރު ވަނީ ފަށާފައެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ސަރވޭގެ މައިގަނޑު ބޭނުމަކީ، އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި އަލަށް ތަރައްގީކުރުމަށް ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމެވެ. މި ސަރވޭއިން ލިބޭ މައުލޫމާތުތަކަކީ އީ.އައި.އޭ ރިޕޯޓުގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

Advertisement

Advertisement 1

ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް އެކުލަވާލާފައިވާ ޕްލޭން މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ:

އާޓިފިޝަލް ސްވިމިންގ ސަރަހައްދު: މި ބައިގައި ފްލޯޓިންގ ޕޮންޓޫނަކާއެކު ރައްކާތެރިކަމާއެކު މޫދަށް އެރޭނެ ސަރަހައްދެއް ޤާއިމުކުރެވޭނެއެވެ. އަދި އެއްގަމުގައި އައުޓްޑޯރ ފެންވަރާ ތަނަކާއި، މޫދަށް ފަސޭހައިން ފޭބޭނެ ގޮތަށް ހަދާ ޚާއްސަ ރޭމްޕެއް ހިމެނެއެވެ.

މަސްބާނާ ޕްލެޓްފޯމް: މިއީ ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ހާއްސަކުރެވޭ ވޯކްވޭއެއް އެކުލެވޭ ސަރަހައްދެކެވެ. މީގެއިތުރުން އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކުރެވިފައިވާ ބެންޗުތަކާއި، ބާނާ މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް މި ޕްލެޓްފޯމުގައި ހިމެނެއެވެ.

މި މަޝްރޫއު ނިމިގެންދާއިރު، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު ވަގުތު ހޭދަކޮށްލުމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި ހުޅުމާލެއަކީ ރައްޔިތުން ދިރިއުޅެން އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެ ކޯޕަރޭޝަނުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ އޮންލައިން ފޯމު (https://forms.cloud.microsoft/r/Sq0vzEFdWt) މެދުވެރިކޮށް ސަރވޭގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލެހުޅުމާލެ ފޭސް-2އެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

2 ދުވަސް ކުރިން - 14:00

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

3 ދުވަސް ކުރިން - 10:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

4 ދުވަސް ކުރިން - 10:57

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 13:32

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

5 ދުވަސް ކުރިން - 13:12

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

6 ދުވަސް ކުރިން - 13:11