ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ. އޭގެ ތެރޭގައި ފޯމު ހުށަނާޅާ މީހުންނަށް ފްލެޓު ދޫކުރުމާއި، ސިޔާސީ ފަރާތްތަކަށް މާކްސް ބަދަލުކުރުންފަދަ ކަންކަން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވި.
652 ދުވަސް ކުރިން - 23:48
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަންނަ އަހަރުގެ މެދުތެރޭގައި ނަގާ ނިމޭނެކަމަށް ރައީސް ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން.
652 ދުވަސް ކުރިން - 22:21
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް މުޢިއްޒު ގެންދަވަނީ، އެމަނިކުފާނަކީ ރައްޔިތުންގެ ފަޅީގައި ހުރެ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާ ވެރިއެއްކަން ސާބިތުކޮށްދެއްވަމުން.
652 ދުވަސް ކުރިން - 20:09
ނައިބު ރައީސް ވިދާޅުވީ ސަރުކާރު އޮތް ދަރަނިވެރިކަމުގެ ޙާލަތުން އަރައިގަތުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް.
652 ދުވަސް ކުރިން - 17:20
މި ކާމިޔާބީތަކަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ކަންކަމާ ގުޅޭ ވަޢުދުތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރި.
652 ދުވަސް ކުރިން - 16:41
މި ފޮތަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ފާއިތުވެދިޔަ އެއް އަހަރު ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ވުޒާރާއިން ނެރެފައިވާ ފޮތެއް.
652 ދުވަސް ކުރިން - 15:59
ބޯހިޔާވަހިކަމާއި ޞިއްޚީ ޚިދުމަތްތަކުން ފެށިގެން ހުރިހާ ދާއިރާތަކުން މިއަދު މިފެންނަނީ އިންޤިލާބީ ބަދަލުތައް. ސަރުކާރަށް 1 އަހަރުވީއިރު ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި ކުލަ ޖެހޭކަން ޔަޤީންވުމަކީ ކާމިޔާބު އެއް އަހަރުކަމުގައި ޖެހުނު ސިއްކައެއް.
652 ދުވަސް ކުރިން - 15:33
މިފަދަ ލެބޯޓަރީއެއް ޤާއިމުވުމަކީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ނަފާ ލިބުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ފާހަގަކުރެެއްވި.
652 ދުވަސް ކުރިން - 15:15
އެކްސްކްލޫސިވް އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެކުއޭރިއަމް ރާއްޖޭގައި ނެހެދެންވީ ސަބަބެއް ނެތް ކަމަށް. މިއީ ދުބާއީ އަދި ލަންޑަނުގެ ސީލައިފް ފަދަ މަޝްހޫރު އެކުއޭރިއަމްތަކުން ވިސްނުން ލިބިގެން ހުށަހެޅުއްވި ޚިޔާލެއް.
652 ދުވަސް ކުރިން - 11:31
ހަފްތާ 52 ގެ ކާމިޔާބީތަށް ފާހަގަ ކުރުމުގެ ގޮތުން މިއަދު ޖެންޑާ މިނިސްޓްރީ އިން ވަނީ އާއިލީ ހަވީރެއް ބާއްވާފަ. މި ހަވީރުގައި ވަނީ އެ ވުޒާރައާއި ގުޅޭ ފޮތެއް ވެސް ނެރެފަ.
653 ދުވަސް ކުރިން - 23:34