Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މި ސަރުކާރަކީ އުއްމީދު ގެނެސްދޭނެ ސަރުކާރެއް: ނައިބު ރައީސް

މަރްޔަމް ޝަހުދާ
697 ދުވަސް ކުރިން - 17 ނޮވެންބަރު 2024 17:20
ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ.
ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ.
ޚުލާސާ

ނައިބު ރައީސް ވިދާޅުވީ ސަރުކާރު އޮތް ދަރަނިވެރިކަމުގެ ޙާލަތުން އަރައިގަތުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް.

މި ސަރުކާރަކީ އުއްމީދު ގެނެސްދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ނައިބު ރައީސް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނުވަނީ މި ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު ރާއްޖެއޮތް ޙާލަތުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު ވާރުތަވެފައިވާ ދަރަންޏާއި، އެދަރަނި އަދާކުރާނެ ރޭވުންތެރި އިންތިޒާމެއް ނެތުމުގެ ސަބަބުން، އޭރު ގިނަބަޔަކަށް ހީވެފައިވަނީ ދެމަސް ދުވަހުގެ ތެރޭ ދައުލަތް ބަނގުރޫޓުވެދާނެ ކަމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފައިސާ ޗާޕުނުކޮށް، ސަބްސިޑީ އުސޫލަށް ބަދަލު ގެނައުން ފަދަ އުނދަގޫ ނިންމުންތައް ނިންމައި، އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ކުރިއެރުންތަކެއް ހޯދާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ކުރިއަތްއޮތް ތަނުގައި ރާއްޖޭގެ މެނިފެސްޓޯ ތަންފީޛުވަމުން އަންނަ މަންޒަރު ފެންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބަޖެޓުގެ ބޮޑުބައެއް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ޚާއްޞަކޮށް، ކުރިއަށްއޮތްތަނުގައި ބޯހިޔާވެހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ޤައުމުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރެއްވުމުގެ ގޮތުން ސަރުކާރުން އަންނަނީ ޒުވާންޖީލު ހަރުދަނާ ގޮތުގައި ބިނާކުރުމަށް މަސައްކަތްކުރަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ ކަންކަން ހަމައިން ނެއްޓިދާނެ ފަދަ ސިޔާސީ ނިންމުންތަކުން އެއްކިބާވެ، ކުށާއި މާރާމާރީ މަދުކުރެވި، ޢާންމު މަސްލަޙަތު ހުރި ކަންކަމުގައި ލުއިތައް ލިބެމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްހަފްތާ 52
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

12 ދުވަސް ކުރިން - 11:26

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

18 ދުވަސް ކުރިން - 19:24

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

20 ދުވަސް ކުރިން - 14:25

އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ

އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ

20 ދުވަސް ކުރިން - 14:25

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

21 ދުވަސް ކުރިން - 13:37

“އދ. އިން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ވެސް ފުރުސަތު އޮންނަން ޖެހޭ”

“އދ. އިން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ވެސް ފުރުސަތު އޮންނަން ޖެހޭ”

22 ދުވަސް ކުރިން - 10:53