Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރާއްޖެ ބަދަލުކޮށްލި ކާމިޔާބު 1 އަހަރު!

ހުސައިން އިސްމާއިލް
698 ދުވަސް ކުރިން - 17 ނޮވެންބަރު 2024 15:33
ރާއްޖެ ބަދަލުކޮށްލި ކާމިޔާބު 1 އަހަރު!
ޚުލާސާ

ބޯހިޔާވަހިކަމާއި ޞިއްޚީ ޚިދުމަތްތަކުން ފެށިގެން ހުރިހާ ދާއިރާތަކުން މިއަދު މިފެންނަނީ އިންޤިލާބީ ބަދަލުތައް. ސަރުކާރަށް 1 އަހަރުވީއިރު ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި ކުލަ ޖެހޭކަން ޔަޤީންވުމަކީ ކާމިޔާބު އެއް އަހަރުކަމުގައި ޖެހުނު ސިއްކައެއް.

ސަރުކާރަށް 1 އަހަރުވީއިރު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކާމިޔާބެވެ. ރައްޔިތުންގެ ވެރިކަމެއް އިންސާފާއި ހަމަހަމަކަމާއެކު އެންމެނަށް ޙައްޤު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ވަޅުޖެހިފައި އޮތް އިޤްތިޞާދު ކޮޅަށް ޖަހައި ރައްޔިތުންނަށް އުއްމީދުތަކެއް ގެނެސްދޭ މަންޒަރެވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ވަކި މިވެނި ދާއިރާއަކުން މިވެނި ކަމެއް ނުވެފައި ނެތޭ ދެންނެވޭނެ ޖާގައެއް ނެތެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މުހިންމު ހުރިހާ ދާއިރާތަކުން މިވަނީ ކުރިއެރުން ލިބިފައެވެ. ރާއްޖޭގެ ތަރައްގީގެ ދަތުރު އާ އުސްމިންތަކަކަށް އަރައިފި އެވެ. ވެރިކަމުގައި ފަތުރުވެރިކަމާއި، ސިއްހީ ފަރުވާއާއި، ބޯހިޔާވަހިކަމާއި، އަދި ކިއެއްތަ، މުޖުތަމަޢު އިޞްލާޙު ކުރުމަށް ކުރާ މަސައްކަތުގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާއިރު، ދިގު މުއްދަތަކަށް ދިމާވެފައިވާ މައްސަލަތަކާއި ކުރިމަތިލައި، އައު ސިޔާސަތުތައް ތަންފީޛުކޮށްފައިވެއެވެ. މި ކާމިޔާބީތަކުގެ އަސްލަކީ ރިޔާސީ ވަޢުދުތައް ފުއްދައި، ރައްޔިތުންގެ ހެޔޮކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ޚިދުމަތްތެރި އިޚްލާޞްތެރި މަސައްކަތެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން- މިސަރުކާރުގެ އެއްއަހަރުތެރޭގައި ކެބިނެޓުން ނިންމި މުހިންމު ނިންމުންތަކުގެ ނަތީޖާގެ ސަބަބުން މިއަދު ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ޞިއްޚީ ޚިދުމަތާއި އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފަ / ފޮޓޯ: ރައީސް އޮފީސް

Advertisement

Advertisement 1

އިޤްތިޞާދީ ލޭނާރުގެ މަންފާ ރައްޔިތުންނަށް ބެހިގެންދާ ގޮތަށް ސިޔާސަތު ބަދަލުކުރުން

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ އެންމެ މުހިންމު ތަނބުގެ ގޮތުގައި ދެމިއޮތް، އިޤްތިސާދުގެ ކޮންމެ ދާއިރާއަކަށް ސީދާ ނުފޫޒު ފޯރުވާ ގުނަވަނެވެ. އޭގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް އިސްކަންދީ، ފާއިތުވި އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.

މިއަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކު ރާއްޖެއިން ވަނީ ކާމިޔާބު އިޝްތިހާރު ކެމްޕޭންތަކެއް ހިންގައި، ފެބްރުއަރީ މަހު އެކަނިވެސް 217،392 ޓޫރިސްޓުންގެ ރެކޯޑް މުގުރާލާފަ އެވެ. ތަރައްޤީ ނުވާ އަތޮޅުތަކަށް ފަތުރުވެރިކަމުގެ ފައިދާ ފޯރުކޮށްދިނުމާއި، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް 24 ރަށެއް ތައާރަފްކޮށް، އިންވެސްޓަރުންގެ މަސްލަޙަތަށް އިތުރު އަށް ރަށެއް ދޫކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ފާއިތުވި ތިރީސް އަހަރު ތެރޭގައި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ 58 ރަށެއް އެ އޮތްގޮތަށް މަސައްކަތް ނުފެށި، އެއިން ޤައުމަށް އެތައް ބިލިއަން ޑޮލަރެއް ގެއްލިފައިވާ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާފައިވާއިރު އެކަމަށް ވަނީ ހައްލަކާއި ހަމަޔަށް އައިސްފައެވެ. ފަތުރުވެރިކަމުގެ ޤާނޫނަށް ޤާނޫނީ އިޞްލާޙްތަކެއް ގެނެސް އިގްތިސާދީ ކައުންސިލުން ވަނީ ފިޔަވަޅުތަކެއް އަޅައި އެ ރަށްތަކުން ރައްޔިރުންނަށް ފައިދާވާނެ ކޮންސެޕްޓެއް ގެނެސްދީފައެވެ.

އަނެއް މުހިންމު ފިޔަވަޅަކީ މުޅި ދުނިޔޭގައި ނެތް ފެންވަރުގެ ފަސް ތަރީގެ ޓްރެއިނިން ހޮޓެލް ސްކޫލެއް ޤާއިމް ކުރުމަށް ޤައުމީ ޔުނިވާސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަޤްޞަދަކީ ހުނަރުވެރި ފަންނީ ބޭފުޅުން ތަމްރީނުކޮށް، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ތަޢުލީމުގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވުމެވެ.

ޞިއްޙީ ދާއިރާ މެކުހަށް

އާސަންދަ އޮތީ މިވެރިކަން އައިއިރު ބޮއްސުންލާފައެވެ. ކޮންމެ ފަހަރަކުވެސް ކަނޑައަޅާފއިވާ ބަޖެޓަށްވުރެ އިތުރަށް އާސަންދައިން ދިޔައީ އިސްރާފުކޮށް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް ހުރަސް އެޅެމުންނެވެ. ނަމަވެސް، އާސަންދަ ހަރުދަނާކޮށް، އެ ސްކީމްގެ ދަށުން މިހާތަނަށް ރާއްޖެއިން ނުދެވުނު ދަރިމައިވުމުގެ ފަރުވާ ދިނުމާއި އަންހެނުންގެ ޞިއްހީ މުހިންމު މައްސަލަތަކަށް ހައްލެއް ހޯދައިދީ ޞިއްޙީ ދާއިރާއަށް އިންގިލާބެއް ގެނެސްފިއެވެ. އިން-ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ގެ ޚިދުމަތް ތަޢާރަފް ކުރުމުން މިހާރު ވެސް 37 ދެމަފިރިންނަށް އެހީތެރިވެދީފައިވާއިރު، މިއަހަރު 100 ޢާއިލާއަަށް އެހީތެރިވެދީ ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއް ޤާއިމް ކުރުމުގެ ޕްލޭންތައް ވަނީ ރާވާފައެވެ. އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ފަދަ ޙާތްތަކަށް ދޭ ފަރުވާތައް ވެސް ވަނީ މި ސްކީމްގައި އިންޓަގްރޭޓްކޮށްފަ އެވެ.

ތެލަސީމިއާ ބަލިމީހުންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް މަގުފަހިކޮށްދޭއިރު، މަދުވެގެން 10 ކުދިންނަށް އަހަރަކު ޓްރާންސްޕްލާންޓް ކުރެވޭނެ ގޮތް ހެދުމަށް ދިގު މުއްދަތުގެ ޕްލޭންތަކެއް ރާވާފައިވާއިރު، މީގެ އިތުރުން މި ބައްޔާ ދެކޮޅަށް ޑީއެންއޭ ޓެސްޓުކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ސަރުކާރުން ވަނީ ބާރުއަޅާފައެވެ.

ކުރިން ރައްޔިތުންނަށް ލިބުނީ ފެންވަރުދެރަ އަގުބޮޑު ބޭޙެވެ. ނަމަވެސް އެކަންވެސް ނިމުމަކަށް އައިސްފިއެވެ. ޔޫރަޕްގެ ފެންވަރުގެ ބޭސްތައް ލިބޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތްތަކުން ދައްކުވައިދެނީ ޞިއްޙީ ފަރުވާގެ މިންގަނޑުތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތެވެ. ހަރުދަނާ ބަލްކް ޕްރޮކިއުމަންޓް ސިސްޓަމަކުން އަސާސީ ބޭސްތައް ސަޕްލައި ކުރެވޭނެ ގޮތް ކަށަވަރުކޮށްދީ، މުޅި ސިއްހީ އިންފްރާސްޓްރަކްޗަރ ގާތްގަނޑަކަށް ބަދަލުވަނީއެވެ.

އިޖުތިމާއީ އިސްލާޙްތަކާއި ޘަޤާފީ ދިރުމެއް

ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އިޖުތިމާޢީ އެއްބައިވަންތަކަމާއި ޤައުމީ ފަޚުރުވެރިކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ތަޢާރަފްކޮށްފައެވެ. ކޮންމެ ދުވަހަކު ސްކޫލް ސެޝަންތައް މިހާރު ފެށެނީ ޤައުމީ ލަވައިންނެވެ. މިއީ ދަރިވަރުންގެ މެދުގައި ޤައުމީ ލޯތްބާއި ގުޅުން އުފެދިގެންދާ ކަމެކެވެ.

އިސްލާމީ އުޞޫލުތައް ހިފެހެއްޓުމުގެ ފިޔަވަޅެއްގެ ގޮތުން ރަމަޟާން މަހުގެ ފަހު 10 ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންނަށް ރޫޙާނީ ކަންކަމަށް އިސްކަން ދިނުމުގެ ފުރުޞަތު ދީފިއެވެ. 1000 މައްސަރަށްވުރެ ހެޔޮ ދަރުމައާއި ޘަވާބު މި މުސްލިމު ރައްޔިތުންނަށް ހޯދައިދިނުމަށް މަގު ކޮށުމަށްވުރެ ބޮޑު ކަމެއް އެބައޮތް ހެއްޔެވެ؟

ހަމައެހެންމެ، މިއަހަރު 50 މީހުން ދައުލަތުން ޙައްޖަށް ފޮނުވައިފިއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުން ޙައްޖަށް ފޮނުވުމުގެ ވައުދު ވެސް ސަރުކާރުން ދަނީ ފުއްދަމުންނެވެ. 

މި ސަތޭކަ އިންސައްތަ އިސްލާމް ޤައުމުގައި ޒުވާން އިމާމުންނެއް މީގެކުރިއަކުން ނެތެވެ. ނަމަވެސް މިއަދު އެމަންޒަރު މިސްކިތަށްދާ ކޮންމެ މީހަކަށް ފެނެއެވެ. އިސްލާމް ޤައުމެއްގައި މީގެކުރިން ނުކޮށް ދޫކޮށްލި ދީނީ ހަރުދަނާ މުހިންމު ހުރިހާ ކަމެއް މިސަރުކާރުން މި އެއްހަރުގެ ކުރު މުއްދަތުގައި އެދަނީ ކޮށް ނިންމައި ނަތީޖާ ދައްކަމުންނެވެ. 

އިޤްތިޞާދީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ހައްލު ދައްކައިދީފި

އިޤްތިޞާދީ ގޮންޖެހުންތަކާއި، ޚާއްސަކޮށް ދަރަނީގެ މައްސަލަތަކާއި މި ސަރުކާރުން ކުރިމަތިލާފައިވަނީ އާ ސިޔާސަތުތަކެއް ގެންގުޅެ، ޚާރިޖީ ގުޅުންތައް ބަދަހިކޮށްގެންނެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވަކީން ބޮޑު ފޯކަސްއަކަށް ވެފައިވާއިރު، ރައްޔިތުންނަށް ދާއިމީ ހައްލުތައް ހޯދައިދިނުމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

އަދި އާބަން ޕްލޭނިންގެ މަސައްކަތްތަކާއި، ތަރައްޤީގެ ސަރަޙައްދުތަކާއި އާބަން ސެންޓަރުތައް ދެނެގަތުމުގެ މަސައްކަތް ވެސް ހެކިތަކަށް ބިނާކޮށް ސިޔާސަތުތަކުގެ ތެރެއިން ވަނީ ކޮށްފަ އެވެ. އާބަން ސެންޓަރުތައް ތިން ލެވެލްއަކަށް ބަހާލައިގެން މުޅި ރާއްޖޭގައި ހަމަހަމަ ތަރައްޤީ ކަށަވަރު ކުރެވޭނެ އެވެ. ގޯތި ނުވަތަ އަމިއްލަ ގެދޮރު މިލްކު ނުކުރެވޭނެ އެއްވެސް މީހެއް ނުހުންނާނެކަން މިހާރު ޔަޤީންވެއްޖެއެވެ. ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން ލޯނުދޭން އެއޮތީ ނިންމާފައެވެ. އެހެންކަމުން ގެދޮރު ހޯދަން ބޭނުން ކޮންމެ މީހަކަށް އެއޮތީ ފުރުޞަތެވެ.

ޓްރާންސްޕޯޓާއި އޭވިއޭޝަނަށް އައި ޒަނާމީ ތަރައްޤީ

ފަތުރުވެރިކަމާއި އިޤްތިޞާދީ ގުޅުން އިތުރުކުރުމަށް ސަރުކާރުން ރާވާފައި ވަނީ ޤައުމީ އެއާލައިން މެދުވެރިކޮށް ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ތައާރަފްކުރުމަށެވެ. މިކަމުގެ ސަބަބުން ޗައިނާ އާއި ޔޫރަޕް ފަދަ އިސްކަންދޭ މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެވޭނެ މަގު ފަހިވީއެވެ. ގުޅިފައިވާ ދަތުރުތަކަށް ނުވަތަ ކަނެކްޓިވް ފްލައިޓުތަކަށް ބަރޯސާވުން ކުޑަވެ ރައްޔިތުންނަށް ވަގުތު ސަލާމަތްކުރެވުނީއެވެ. އަދި މެޑިކަލް އިވެކުއޭޝަންތަކާއި ސާޗް އެންޑް ރެސްކިއު މިޝަންތަކަށް ވެސް ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ތައާރަފްކޮށް، ރައްކާތެރިކަމާއި އެކްސެސިބިލިޓީ އިތުރުވެއްޖެއެވެ. އެންމެ ޒަމާނީ ޑްރޯން ލިބި ޤައުމުގެ ދިފާޢު ވަރުގަދަކުރެވިއްޖެއެވެ.

އެއްވެސް ސަރުކާރަކަށް ނުހުއްޓުވުނު ދުންފަތުގެ ވަބާއަށް ހެޔޮ ބަދަލެއް

ދުންފަތް ކޮންޓްރޯލް ކުރުމަށް ފޭސްޑް މާސްޓާ ޕްލޭނެއް ތައާރަފްކޮށް، ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުން މަނާކޮށްފި އެވެ. ކޮންމެ ރަށެއްގައި ވެސް ޚާއްޞަ ފަރުވާދޭ މަރުކަޒުތަކުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ރައްޔިތުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދެނީއެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށްތަކާއި އިޖުތިމާޢީ ގޮތުން ޙަރަކާތްތެރިވާ ފަރާތްތައް އިނާމު ދިނުމުގެ ނިޒާމެއްގެ ތެރެއިން ދެނެގަނެ، ދުޅަހެޔޮ މުޖުތަމައެއް އާލާކުރެވެނީއެވެ.

ތައުލީމީ އިސްލާހުތައް

ރައީސް ޑރ. މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް، ދިރާސީ އަހަރު ޖެނުއަރީ މަހު ފެށުމަށް އަލުން ތާވަލުކުރާއިރު، މި މަޑުމަޑުން އަންނަ ބަދަލުގެ ސަބަބުން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވެ، ތަޢުލީމީ ނިޒާމަށް ކުރިން އެރި ދިމާވި ގޮންޖެހުންތަކުން އަރައިގަނެވޭނެކަން ކަށަވަރުވެގެންދެއެވެ.

ނުވީ ކޮންކަމެއް؟

މިސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށްޓަަކައި ނުކޮށް ދޫކޮށްލާ ކަހަލަ ވިސްނުމެއް ނުގެންގުޅޭކަން މި އެއްއަހަރުތެރޭގައި ކަށަވަރުވެއްޖެއެވެ. ސަރުކާރުގެ އުޞޫލުގެ ސަބަބުން ބޯހިޔާވަހިކަމުގެ ހައްލުތަކާއި، ދަރަނި މެނޭޖްކުރުމާއި، ޚާރިޖީ ގުޅުންތައް ބަދަހިކުރުން ފަދަ ކާމިޔާބު ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވިއްޖެއެވެ.

ޚާއްޞަކޮށް އިޤްތިޞާދީ ގޮންޖެހުންތައް މެނޭޖްކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ ގޮތުން ލިބެމުންދާ ތަޢުރީފަކީ މީގެ ހެއްކެކެވެ.

ސަރުކާރުގެ އެއް އަހަރުގައި ފެނިގެންމިދަނީ ކާމިޔާބެވެ. ޒަމާންވީ މައްސަލަތައް ހައްލުކޮށް، ފާގަތި މުސްތަޤްބަލަކަށް މަގުފަހިކޮށްދީފިއެވެ. ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތް ދިރުވައި އާލާކުރުމުން ފެށިގެން އިޖުތިމާޢީ ހަމަޖެހުމާއި އިޤްތިޞާދީ ތަރައްޤީގެ ކުރިއެރުވުމާއި ހަމައަށް ސަރުކާރުގެ އިސްނެގުމުގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ދެމެހެއްޓެނިވި ކުރިއެރުމަކަށް ރާއްޖެ މިވަނީ ތައްޔާރަށް އޮތް މަސައްކަތާއި އާ ސިޔާސަތުތަކަކާ އެކުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހަފްތާ 52
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

6 ދުވަސް ކުރިން - 15:34

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

6 ދުވަސް ކުރިން - 15:34