Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން އެއް އަހަރުގެ މަސައްކަތްތަކަށް އަލިއަޅުވާލާ ފޮތެއް ނެރެފި

އައިޝަތު ރުވާ ރިފްޢަތު
698 ދުވަސް ކުރިން - 17 ނޮވެންބަރު 2024 15:59
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ޚުލާސާ

މި ފޮތަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ފާއިތުވެދިޔަ އެއް އަހަރު ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ވުޒާރާއިން ނެރެފައިވާ ފޮތެއް.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފާއިތުވި 52 ހަފްތާގައި ކުރެވުނު މަސައްކަތުގެ މައްޗަށް އަލިއަޅުވާލާ މިއަދު ފޮތެއް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ.

ވުޒާރާއިން ބުނީ، މި ފޮތަކީ 17 ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތުމާއެކު މުޅިން އަލަށް އުފެއްދެވި މި ވުޒާރާއިން ފާއިތުވެދިޔަ އެއް އަހަރު ކުރި މަސައްކަތްތަކަށް އަލިއަޅުވާލާ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ނެރެފައިވާ ފޮތެއްކަމަށެވެ.

Advertisement

Advertisement 1

އެގޮތުން، މި ފޮތް ނެރެދެއްވުމަށްފަހު ވަޒީރު ރަމީލާ ވިދާޅުވީ، މިއަދަކީ މިނިސްޓްރީއަށްވެސް 1 އަހަރު ފުރުނު ދުވަސްކަމުން، ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ހުރިހާ މުވައްޒަފުން އެކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މި ވުޒާރާއަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

"52 ހަފްތާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ކާމިޔާބީތައް 2024" ގެ ނަމުގައި ނެރުނު މި ފޮތުގައި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ހަފްތާ 14 ގެ ދަށުން ކުރި މަސައްކަތްތަކާއި، މި ދާއިރާގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރި މުހިންމު މަސައްކަތްތަކާއި، ބޭރުގެ އެހީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި ހޯދައިފައިވާ ކާމިޔާބީތަކުގެ އިތުރުން ވުޒާރާއިން ބާއްވާފައިވާ އެކިއެކި ބައްދަލުވުންތަކާއި މަސައްކަތްތަކުގެ ތަފާސްހިސާބުތައްވެސް ހިމަނާފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

މީގެއިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ޖަނަވާރުންގެ ދުވަހާއި މިއަހަރުގެ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހު ހިންގި ހަރަކާތްތައްވެސް މި ފޮތުގައި ހިމަނާފައިވާކަމަށާއި، ހަފްތާ 14 ގެ ދަށުން ޕައިލެޓް ކުރި ވާރޓިކަލް ފާމިން ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ވުޒާރާއިން ރާވާފައިވާ ކަންތައްތަކުގެ މައްޗަށްވެސް މި ފޮތުގައި އަލިއަޅުވާލާފައިވާ ކަމަށް ވެސް ވުޒާރާއިން ހާމަކުރިއެވެ.

ވުޒާރާއިން ބުނީ މި ފޮތުގައި ވުޒާރާގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތާއި ކުރިޔަށް ޕްލޭންކޮށްފައިވާ ކަންކަންވެސް ހިމަނާފައިވާކަމަށެވެ.

މި ފޮތް ނެރުމަކީ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން އެއް އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެއް ކަމުގައި ވުމާއެކު މިފަދަ ފޮތެއް ނެރުމުން، ވުޒާރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހި ވެގެންދާނެކަމަށް ވެސް ވުޒާއިން ވަނީ ފާހަގަކޮށްފައެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާހަފްތާ 52
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބަލި ކޮތަރުތައް އާންމުވެ، ތަޙުޤީޤު ފަށައިފި

ބަލި ކޮތަރުތައް އާންމުވެ، ތަޙުޤީޤު ފަށައިފި

602 ދުވަސް ކުރިން - 21:26

ޒުވާނުން ދަނޑުވެރިކަމަށް ބާރުވެރިކުރުވާނަން: ވަޒީރު މާރިޔާ

ޒުވާނުން ދަނޑުވެރިކަމަށް ބާރުވެރިކުރުވާނަން: ވަޒީރު މާރިޔާ

603 ދުވަސް ކުރިން - 17:15

ވަޒީރު މާރިޔާ ތޮއްޑޫ ދަނޑުވެރިންނާ ބައްދަލުކުރައްވައިފި

ވަޒީރު މާރިޔާ ތޮއްޑޫ ދަނޑުވެރިންނާ ބައްދަލުކުރައްވައިފި

605 ދުވަސް ކުރިން - 13:04

ދަނޑުވެރިކަމުގެ ތަޖުރިބާ ހިއްސާކުރުން މުހިންމު: ވަޒީރު

ދަނޑުވެރިކަމުގެ ތަޖުރިބާ ހިއްސާކުރުން މުހިންމު: ވަޒީރު

608 ދުވަސް ކުރިން - 11:31

އިފާޑްގެ ބައްދަލުވުމަށް ވަޒީރު މާރިޔާ އިޓަލީއަށް ފުރާވަޑައިގެންފި

އިފާޑްގެ ބައްދަލުވުމަށް ވަޒީރު މާރިޔާ އިޓަލީއަށް ފުރާވަޑައިގެންފި

612 ދުވަސް ކުރިން - 15:03

ވިލުންތެރި ދަނޑުވެރިކަމެއް މުހިންމު: މެޑަމް ސާޖިދާ

ވިލުންތެރި ދަނޑުވެރިކަމެއް މުހިންމު: މެޑަމް ސާޖިދާ

620 ދުވަސް ކުރިން - 16:34