Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަށްރަށުގެ ދަނޑުވެރިކަމުގެ ތަޖުރިބާ ހިއްސާކުރުން މުހިންމު: ވަޒީރު މާރިޔާ

ރަށްރަށުގެ ދަނޑުވެރިކަމުގެ ތަޖުރިބާ ހިއްސާކުރުން މުހިންމު: ވަޒީރު މާރިޔާ

އައިޝަތު ރުވާ ރިފްޢަތު
562 ދުވަސް ކުރިން - 15 ފެބްރުއަރީ 2025 11:31
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ/ ފޮޓޯ: ވުޒާރާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ/ ފޮޓޯ: ވުޒާރާ
ޚުލާސާ

ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާ ހިއްސާކުރެވިގެންދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، މިފަދަ ގޮތަކަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވި.

ދަނޑުވެރިކަމުގައި އެއް ރަށުގެ ތަޖުރިބާ އަނެއް ރަށާ ހިއްސާކުރުމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ކައުންސިލް އިދާރާގެ މުވައްޒަފުން އައްޑޫ މީދޫއަށް ކުރި ދަތުރެއްގައި، އެރަށުގެ ޒުވާން ދަނޑުވެރިޔެއްގެ ޑްރެގަން ފުރުޓް ފާމަކާއި ކިއުކަމްބާ ފާމަކަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.

ވަޒީރު މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ތަޖުރިބާ އެހެން ރަށްރަށާއި ހިއްސާ ކުރެވިގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި، މިފަދަ ގޮތަކަށް ރަށްރަށުގެ މެދުގައި ތަޖުރިބާ ބަދަލުކުރެވި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުމަކީ ދިވެހި ދަނޑުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

Advertisement

Advertisement 1

"ޑްރެގަން ފުރުޓް އަދި ކިއުކަމްބާ ފަދަ ތަފާތު ބާވަތްތަކުގެ ދަނޑުވެރިކަން ކުރިއަރުވައި، އޭގެ މައުލޫމާތު އެހެން ފަރާތްތަކާއި ހިއްސާ ކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ވެގެންދާނެ ރަނގަޅު ފިޔަވަޅެއް. އަދި މިފަދަ ދަތުރުތަކުން ލިބޭ މައުލޫމާތާއި ތަޖުރިބާ ބޭނުން ކޮށްގެން އިތުރު ރަށްރަށުގައި ވެސް ދަނޑުވެރިކަން ކުރިއަރައިގެންދާ ނެކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫން،" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ވިދާޅުވީ ރަށުގެ ކައުންސިލް ތަކުން އެފަދަ ގުޅުން ބަދަހިކޮށް، އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރެއްވުމަށް ނަންގަވާފައިވާ އެ ފިޔަވަޅަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރެވި، ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

138 ދުވަސް ކުރިން - 10:56

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

139 ދުވަސް ކުރިން - 19:35

ޒަމާނީ ދަނޑުވެރިކަމަކީ ގައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ ދާއިރާއެއް: މާރިޔާ

"ޒަމާނީ ދަނޑުވެރިކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ ދާއިރާއެއް"

285 ދުވަސް ކުރިން - 19:59

އޮޅުހިޔާގެ ޝެލްޓާ ބައި ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

413 ދުވަސް ކުރިން - 11:30

ކާނާގެ ޔަގީކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދަން ފަށައިފި

ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދަން ފަށައިފި

440 ދުވަސް ކުރިން - 13:34

ހުޅުމާލޭގައި އާބަން ފާމިންގެ ދެވަނަ މަޝްރޫއު އިފްތިތާހުކޮށްފި

ހުޅުމާލޭގައި އާބަން ފާމިންގެ ދެވަނަ މަޝްރޫއު އިފްތިތާހުކޮށްފި

453 ދުވަސް ކުރިން - 14:25