Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމު: މެޑަމް ސާޖިދާ

މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމު: މެޑަމް ސާޖިދާ

އައިޝަތު ރުވާ ރިފްޢަތު
574 ދުވަސް ކުރިން - 3 ފެބްރުއަރީ 2025 16:34
ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވުމާއެކު، ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލުކުރުމުގައި ދަތިތައް ދިމާވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވި.

މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން ކުރިއަށްދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ކޯވިޑު-19ގެ ދުވަސްވަރު ކާބޯތަކެތި ސަޕްލައި ކުރުމަށް ދިމާވި ދަތިތަކާއެކު ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގައި ދަނޑު ހެއްދުމުގެ މުހިންމުކަން ފާހަގަވި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އޭގެ ތެރޭގައި މީރު ފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ މޫސުމީ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާ ތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މެޑަމް ސާޖިދާ އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވުމާއެކު، ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލު ކުރުމުގައި ދަތިތައް ދިމާވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓު ހޯދޭނެ ގޮތްތަކެއް ޤާއިމްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ކާބޯތަކެތީގެ ޔަޤީންކަން އިތުރު ކުރުމަށާއި ދަނޑުވެރިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދީފައިވާ 21.95 މިލިޔަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ދަށުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާގެ މާހިރުން، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ. މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމުގެ އާ ޓެކްނޮލޮޖީ ތަކާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މެޑަމް ސާޖިދާ މުހައްމަދުދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާދަނޑުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

3 ދުވަސް ކުރިން - 11:00

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

72 ދުވަސް ކުރިން - 00:19

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

76 ދުވަސް ކުރިން - 12:32

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

78 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

114 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

118 ދުވަސް ކުރިން - 15:25