
އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު 230 ލޮޅުން އެރި. މިހާތަނަށް 51 މީހުން މަރުވެފައިވާއިރު އެއްބަޔަކު ވަނީ ގެއްލިފަ. މިއީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް.
24 ދުވަސް ކުރިން - 10:03
ކަނޑުގެ އަޑިއަށް އައި މި ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ރައީސް ވަނީ މި ހިތާމައިގައި ރާއްޖެ އޮތީ އިންޑޮނޭޝިއާގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފަ.
24 ދުވަސް ކުރިން - 23:48
މި ހާދިސާގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އުވާލާފަ. މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ.
25 ދުވަސް ކުރިން - 19:32
މިސްރަކީ އާންމުކޮށް ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެއް ނޫން ނަމަވެސް، މިއަދު މި އައި ބިންހެލުމަކީ މީގެ 446 ދުވަސް ކުރިން މެޑިޓެރޭނިއަން ކަނޑަށް އައި 6.4 ގެ ބިންހެލުމަށްފަހު އެ ގައުމަށް އައި އެންމެ ބޮޑު ބިންހެލުން.
37 ދުވަސް ކުރިން - 09:36
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައިވޭ.
42 ދުވަސް ކުރިން - 15:06
މި ހާދިސާގައި ބައެއް ބޮޑެތި އިމާރާތްތަކާއި ފެކްޓަރީތައް ވެއްޓި، މަގުތައް ކަނޑައިގެން ގޮސް، ފެނާއި ކަރަންޓް ކެނޑި، އެތައް ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު، އަދިވެސް 24 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ.
42 ދުވަސް ކުރިން - 14:43
ބައެއް މީހުން މަރުވެ އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާ އިރު، ބިންހެލުމުގެ ސަބަބުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް މަސްދަރުތަކުން ބުނޭ.
43 ދުވަސް ކުރިން - 18:24
ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 3,360 އަށް ވުރެ މައްޗަށް ގޮސްފަ
74 ދުވަސް ކުރިން - 23:46
މި ހާދިސާގައި 4,500 އަށްވުރެ ގިނަ މީހުން ޒަހަމްވެ، 49,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރާކަސް އާއި އައްސޭރިފަށުގެ ރަށެއް ކަމަށްވާ ލާ ގުއައިރާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ.
74 ދުވަސް ކުރިން - 22:35
މިންޑަނާއޯއަށް އައި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށް ރައީސް ވަނީ ވިދާޅުވެފަ. ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އިންޑޮނޭޝިއާ، ޕަލާއޫ އަދި ޖަޕާނުގެ ދެކުނު ސަރަހައްދުތަކާ ހަމައަށް ފޯރާފައިވޭ.
92 ދުވަސް ކުރިން - 13:56
ސުނާމީގެ ބިރުވެރިކަމެއް ނެތަސް، މި ބިންހެލުމުގެ ސަބަބުން މަރުތައް އިތުރުވެދާނެ. އެއާޕޯޓާއި ބްރިޖުތަކާއި މަގުތަކާއި ސްކޫލްތަކާއި ގެދޮރާއި އާންމު އިންފްރާސްޓްރަކްޗަރ ފަދަ އެތައް އިމާރާތްތަކަކަށް ވަނީ ގެއްލުން ލިބިފަ.
93 ދުވަސް ކުރިން - 11:06
އެކަކު މަރުވެފައި ވާއިރު، އައްސޭރިފަށުގައި ދިރިއުޅޭ ގާތްގަނޑަކަށް 1،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ.
160 ދުވަސް ކުރިން - 12:34
އީރާނަށް މިއަދު އައީ 5.5ގެ ބިންހެލުމެއް. ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނެތް.
202 ދުވަސް ކުރިން - 15:54