އީރާނަަށް މިއަދު ބިންހެލުމެއް އައިސްފި

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 15:54
އީރާނަށް މިއަދު ބިންހެލުން އައީ 10 ކިލޯމީޓަރުގެ އަޑިން.
އީރާނަށް މިއަދު ބިންހެލުން އައީ 10 ކިލޯމީޓަރުގެ އަޑިން.
ޚުލާސާ

އީރާނަށް މިއަދު އައީ 5.5ގެ ބިންހެލުމެއް. ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނެތް.

އީރާނުގެ ދެކުނަށް 5.5 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އައިސްފިއެވެ. ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް (ޖީއެފްޒެޑް) އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ އަޑިންނެވެ.

މި ހާދިސާގެ ސަބަބުން މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ނުލިބެއެވެ.

އީރާނަކީ ޢާންމުކޮށް ބިންހެލުން ތަޖުރިބާ ކުރާ ސަރަޙައްދެއްގައި އޮންނަ ޤައުމެކެވެ.

ފާއިތުވި ހަފްތާތަކުގައި ވެސް އީރާނުގެ ދެކުނަށް 5.2-5.3 ގެ މެގްނިޓިއުޑްގެ ބިންހެލުންތަކެއް ރެކޯޑް ކުރެވިފައި ވެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު އެކަނިވެސް 6،000 އަށް ވުރެ ގިނަ ބިންހެލުން ރެކޯޑްކުރެވިފައިވާއިރު ފަހުގެ ތާޜީޚެއްގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ބިންހެލުމަކީ 2003 ވަނަ އަހަރު އައި ބާމް ބިންހެލުމެވެ. އެ ފަހަރު ގާތްގަނޑަކަށް 34،000 މީހުން މަރުވެ، 200،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

އީރާނުގެ ތާރީޚުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ބިންހެލުންތައް ރެކޯޑް ކުރެވިފައި ވެއެވެ. 1962 ވަނަ އަހަރު އައި ބުއިން ޒަހްރާ ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ، އޭގެ ފަސްއަހަރު ކުރިން 1957 ވަނަ އަހަރުގެ އަލްބޯޒް ބިންހެލުމުގައި ގާތްގަނޑަކަށް 1،500 މީހުން މަރުވިއެވެ.

އަދި 1929 ވަނަ އަހަރު ކޮޕެޓް ޑަގް ބިންހެލުމުގައި ވެސް 3،800 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%