
އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު 230 ލޮޅުން އެރި. މިހާތަނަށް 51 މީހުން މަރުވެފައިވާއިރު އެއްބަޔަކު ވަނީ ގެއްލިފަ. މިއީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް.
24 ދުވަސް ކުރިން - 10:03
ކަނޑުގެ އަޑިއަށް އައި މި ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ރައީސް ވަނީ މި ހިތާމައިގައި ރާއްޖެ އޮތީ އިންޑޮނޭޝިއާގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފަ.
24 ދުވަސް ކުރިން - 23:48
މި ހާދިސާގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އުވާލާފަ. މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ.
25 ދުވަސް ކުރިން - 19:32