
ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 12:00 އަށް. މި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެ.
17 ދުވަސް ކުރިން - 12:19

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި.
46 ދުވަސް ކުރިން - 12:25

މެދުރާއްޖެތެރެއަށް މި މޫސުމުގެ އަސަރު ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދޭ.
72 ދުވަސް ކުރިން - 18:09

މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެވޭނެ އެންމެ ރަނގަޅު މަގުކަމަށް އެ އިދާރާއިން ބުނޭ.
73 ދުވަސް ކުރިން - 15:19

މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ. މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއް
78 ދުވަސް ކުރިން - 09:27

ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:15 އިން މެންދުރުފަހު 13:00 އާ ހަމައަށް.
78 ދުވަސް ކުރިން - 08:32

ޖޫންއާއި ސެޕްޓެމްބަރާ ދެމެދު އާންމުކޮށް ހޫނުމިން ހުންނަނީ 27 އާއި 30 ޑިގްރީ ސެލްސިއަސްއާ ދެމެދު. ވަކިވަކި މަސްތަކުގެ މޫސުމީ ލަފާކުރުންތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ.
79 ދުވަސް ކުރިން - 22:16

ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިރޭ 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުނޭ
80 ދުވަސް ކުރިން - 14:17

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް
96 ދުވަސް ކުރިން - 12:06

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ
97 ދުވަސް ކުރިން - 16:45

މެޓް އޮފީހުން ބުނި ގޮތުގައި ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތުތަކުގަ
107 ދުވަސް ކުރިން - 14:54

މާލެ ސަރަހައްދުގެ ހޫނު މިން މިއަދު ހުރީ 37.3 ޑިގްރީގަ، ހޫނުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުން މުހިންމު
108 ދުވަސް ކުރިން - 13:44

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މަހާއި އަންނަ މަހަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުމިން އެންމެ މަތިވާނެ ދުވަސްވަރު
114 ދުވަސް ކުރިން - 15:57