Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފި

ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފި

މުހައްމަދު ޖަމްޝަތު
125 ދުވަސް ކުރިން - 4 މެއި 2026 09:27
ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވަނީ ނެރެފަ---ފޮޓޯ: ޚުލާސާ
ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވަނީ ނެރެފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ. މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 9:10 އިން މެންދުރުފަހު 13:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 13:00 އާ ހަމައަށެވެ. މި ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement 1

މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ވާރޭ ވެހޭ ވަގުތުތަކުގައި ވެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. "ޖޫން އިން ސެޕްޓެމްބަރުގެ ނިޔަލަށް ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު" ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްތަކުގައި ވާރޭވެހޭ މިންވަރު އިތުރުވި ނަމަވެސް، ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުންމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

3 ދުވަސް ކުރިން - 12:47

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

6 ދުވަސް ކުރިން - 08:59

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

9 ދުވަސް ކުރިން - 11:04

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

26 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

37 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

63 ދުވަސް ކުރިން - 12:19