Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖޫން އިން ސެޕްޓެމްބަރަށް ރާއްޖެއަށް އާދަޔާހިލާފަށް ވާރޭވެހި، ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ޖޫން އިން ސެޕްޓެމްބަރަށް ރާއްޖެއަށް އާދަޔާހިލާފަށް ވާރޭވެހި، ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
79 ދުވަސް ކުރިން - 3 މެއި 2026 22:16
ވިއްސާރައިގައި ލޯންޗެއް ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
ވިއްސާރައިގައި ލޯންޗެއް ދަތުރުކުރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޖޫންއާއި ސެޕްޓެމްބަރާ ދެމެދު އާންމުކޮށް ހޫނުމިން ހުންނަނީ 27 އާއި 30 ޑިގްރީ ސެލްސިއަސްއާ ދެމެދު. ވަކިވަކި މަސްތަކުގެ މޫސުމީ ލަފާކުރުންތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ.

މިއަހަރުގެ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ކަމަށްވާ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް އާދަޔާހިލާފަށް ވާރޭވެހި، ހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު ސީޒަނަލް ފޯކާސްޓް ނުވަތަ މޫސުމީ ލަފާކުރުންތަކުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ އެވެ. އަދި ދުވާލުގެ އެންމެ މަތީ ހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސައުތު އޭޝިއަން ކްލައިމެޓް އައުޓްލުކް ފޯރަމްގެ މަޝްވަރާތަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރުނު މި ފޯކާސްޓަކީ އޭޕްރީލް މަހުގެ މޫސުމީ ހާލަތަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މިއަހަރުގެ މޫސުމުން ފެނިދާނެ ބައެއް ބަދަލުތައް:

Advertisement

Advertisement 1

ވާރޭވެހުން އިތުރުވުން: ހުޅަނގު މޫސުމަކީ އާންމުކޮށް ވެސް ރާއްޖެއަށް ގަދަޔަށް ވާރޭވެހޭ މޫސުމަކަށް ވާއިރު، މިއަހަރު ވާރޭވެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ތާރަވެފައިވާ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ފާހަގަކުރެ އެވެ.

ހޫނުމިން މަތިވުން: ޖޫން އާއި ސެޕްޓެމްބަރާ ދެމެދު އާންމުކޮށް ހޫނުމިން ހުންނަނީ 27 އާއި 30 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. ނަމަވެސް، މިއަހަރު ހޫނުމިން މަތިވުމުގެ އިތުރުން ވައިގެ ތެތްކަން ހުންނަ މިންވަރު މަތިވުމުގެ ސަބަބުން އިހުސާސްކުރެވޭ ހޫނުމިން މާ ބޮޑަށް އިތުރުވާނެ އެވެ.

ކަނޑުގަދަވުން: ވާރޭގެ އިތުރުން މި ދުވަސްވަރު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބައެއް ދަތިތަކާ ކުރިމަތިލާންޖެހިދާނެ އެވެ.

ވޭތުވެދިޔަ 2025 ވަނަ އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ވާރޭވެހުނު މިންވަރު މަދުވި ނަމަވެސް، މިއަހަރު މުޅި ރާއްޖެއަށް ވެސް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް މިހާރުގެ ލަފާކުރުންތަކުން ދައްކަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ދެކުނަށް ގިނައިން ވާރޭވެހުނު ނަމަވެސް، މިއަހަރު މުޅި ރާއްޖެއަށް މޫސުން ތަފާތުވެ، ވާރޭވެހޭ މިންވަރު އިތުރުވާނެ އެވެ.

މޫސުމަށް އަންނަ މި ބަދަލުތަކާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި، ދަނޑުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މޫސުމީ ރަސްމީ އިދާރާތަކުން ނެރޭ މައުލޫމާތަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ. ވަކިވަކި މަސްތަކުގެ މޫސުމީ ލަފާކުރުންތައް ކުރިއަށް އޮތް ތަނުގައި މެޓް އޮފީހުން ހާމަކުރަމުންދާނެ އެވެ.

ދިވެހިރާއްޖޭގެ މޫސުމަށް އަންނަ މިފަދަ ބަދަލުތަކަށް ތައްޔާރުވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

17 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

46 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

64 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

70 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

70 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

72 ދުވަސް ކުރިން - 18:09