Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

އައިޝަތު ރުވާ ރިފްޢަތު
55 ދުވަސް ކުރިން - 10 މެއި 2026 18:09
ވިއްސާރައިގައި ދެމީހަކު ކުޑަ ނަގައިގެން ހިނގަނީ. / ފޮޓޯ: ޚުލާސާ
ވިއްސާރައިގައި ދެމީހަކު ކުޑަ ނަގައިގެން ހިނގަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މެދުރާއްޖެތެރެއަށް މި މޫސުމުގެ އަސަރު ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދޭ.

ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ހުޅަނގު މޫސުމުގެ އަސަރުތައް ރާއްޖެއަށް ކުރަން ފަށައިފި އެވެ. ރާއްޖޭގެ މޫސުން ބެހިގެންވާ މައިގަނޑު ދެ މޫސުމަށް ބަލާއިރު، އިރުވައި މޫސުމަކީ އާންމުގޮތެއްގައި ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހު އެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ އަސަރުތައް ފުރަތަމަ ފެންނަން ފަށަނީ މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުރާއްޖެތެރެއަށް މި މޫސުމުގެ އަސަރު ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެ އެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތަކެއް މެޓް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ވާރޭވެހުމުގެ މިންގަނޑަށް ބަލާއިރު، މޭ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނަށް، ދުވާލެއްގެ މައްޗަށް 25 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނެ އެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައި ޖެހެންޖެހޭނެ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ހުޅަނގު މޫސުން ފެށުނުކަމަށް ބަލަނީ ވާރޭވެހުމާއި ވައިގެ މި މިންގަނޑުތައް ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދެމިގެންދިއުމުންނެވެ. ހުޅަނގު މޫސުމަކީ ވިއްސާރަވެ، ކަނޑުގަދަ ދުވަސްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ މޫސުމަކަށް ވާތީ، މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއްވަ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

13 ގަޑިއިރު ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

29 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

47 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

53 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

53 ދުވަސް ކުރިން - 22:30

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

56 ދުވަސް ކުރިން - 15:19