
ހިތަދޫ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ސޮޑާއަށް 958 ވޯޓު ލިބިފައިވާއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓު. މާލޭ ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 451 ވޯޓު ލިބިވަޑައިގަތްއިރު، ސޮޑާއަށް ލިބިވަޑައިގަތީ 355 ވޯޓު. ސޯބެ އިންތިހާބު ކާމިޔާބުކުރީ 62 ވޯޓު ކުރީގައި އޮވެގެން.
92 ދުވަސް ކުރިން - 19:55
08:00 ގައި ފެށި މި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ. ވޯޓު ލުމުގެ ހައްގު 4،121 މީހުންނަށް ލިބިގެންވޭ. ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ދެ ފޮށްޓެއް އަދި ހިތަދޫގައި ފަސް ފޮށްޓެއް ބަހައްޓާފައިވޭ. އިންތިހާބުގައި ވާދަކުރަނީ ސޮޑާ އަދި ސޯބެ.
93 ދުވަސް ކުރިން - 10:25
މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށްކަމަށާއި މި އިންތިހާބާ ގުޅޭ ކެމްޕެއިން ކުރުމުގެ ހަރަކާތްތައް މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް މަނާވާނެކަމަށް އީސީން ބުނެފައިވޭ.
94 ދުވަސް ކުރިން - 12:12