Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމެރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމެރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ހުސައިން އިސްމާއިލް
92 ދުވަސް ކުރިން - 21 އޭޕްރިލް 2026 00:02
ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ސުޕްރީމް ކޯޓުގެ ހުކުމާއެކީ ގެއްލިފައިވާތީ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 25 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރައިމެރީގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު އޮންނާނީ ހިތަދޫ އުތުރު ދާއިރާގައި ހިމެނޭ ކޮންގްރެސް ޕާޓީގެ މެންބަރުންނަށް އެކަންޏެވެ.

ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގަ އެވެ. އެގޮތުން، ހިތަދޫ ދާއިރާއަށް ރަޖިސްޓަރީވެފައިވާ މެންބަރުން ވޯޓުލުމަށް ހިތަދޫގައި ވޯޓު ފޮށިތައް ބެހެއްޓިފައި ހުންނާނެ އެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ތިބި، މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ އެ ދާއިރާގެ މެންބަރުންނަށް ވޯޓުލުމަށް މާލެ ސިޓީގައި ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށް ޕާޓީން މައުލޫމާތު ދެ އެވެ.

Advertisement

Advertisement 1

މި އިންތިހާބުގެ އެންމެހާ ކަންކަން ރާވައި ހިންގަމުންދަނީ ކޮންގްރެސް ޕާޓީގެ އިންތިހާބީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމާ ގުޅިގެން ހުސްވި ގޮނޑިއަށް ކޮންގްރެސް ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ތައްޔާރުވަމުންދާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެވެ. ކޮންގްރެސް ޕާޓީން ޕްރައިމަރީގައި ވާދަކުރަނީ ކުރީގެ މެމްބަރު ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.

ކުރީގެ މެމްބަރު މުހައްމަދު ސިނާންޕީއެންސީބައި-އިލެކްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

10 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

10 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

10 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

11 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

17 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49