Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިތަދޫ އުތުރު ދާއިރާ ޕީއެންސީގެ ޕްރައިމަރީގައި ސިނާނާއި ސައީދު ވާދަކުރަނީ

ހިތަދޫ އުތުރު ދާއިރާ ޕީއެންސީގެ ޕްރައިމަރީގައި ސިނާނާއި ސައީދު ވާދަކުރަނީ

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 19 އޭޕްރިލް 2026 23:35
ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން---
ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން---
ޚުލާސާ

ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ނަމަ، ޕާޓީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންކަމަށް ޕީއެންސީއިން ހާމަކުރި.

ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލައްވައިފި އެވެ.

ޕީއެންސީގެ ޓިކެޓުގައި މި އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 އަށް ހަމަވިއިރު، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ ސިނާނާއި ސައީދު އެކަނި ކަމަށް މައުލޫމާތު ލިބެ އެވެ. ޕީއެންސީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ނަމަ، ޕާޓީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ.

މިކަމާ ގުޅޭގޮތުން އަހްމަދު ސައީދު ވިދާޅުވީ، އޭނާ ކުރިމަތިލެއްވީ ދާއިރާގެ ރައްޔިތުންނަށާއި އައްޑޫ ސިޓީއަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ. "އަޅުގަނޑަކީ އެ ދާއިރާގެ ނިމިގެންދާ ދައުރުގެ ކައުންސިލަރު. އިރާދަކުރެއްވިއްޔާ ޕާޓީއަށް މި ގޮނޑި ހޯދައިދިނުމުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން،" ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement 1

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ މެންބަރުކަމާ މެދު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އެވެ.

ސ. ހިތަދޫޕީއެންސީރައްޔިތުންގެ މަޖިލިސްކުރީގެ މެމްބަރު މުހައްމަދު ސިނާންބައި-އިލެކްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

7 ދުވަސް ކުރިން - 13:08

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

10 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

10 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

10 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

11 ދުވަސް ކުރިން - 23:00

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

14 ދުވަސް ކުރިން - 12:00