Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

އައިޝަތު ރުވާ ރިފްޢަތު
162 ދުވަސް ކުރިން - 5 ޖޫން 2026 12:12
އިންތިހާބެއްގެ ވޯޓުލުން ނިމުމުން ވޯޓު ގުނަނީ. / ފޮޓޯ: އީސީ
އިންތިހާބެއްގެ ވޯޓުލުން ނިމުމުން ވޯޓު ގުނަނީ. / ފޮޓޯ: އީސީ
ޚުލާސާ

މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށްކަމަށާއި މި އިންތިހާބާ ގުޅޭ ކެމްޕެއިން ކުރުމުގެ ހަރަކާތްތައް މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް މަނާވާނެކަމަށް އީސީން ބުނެފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ އޮންނާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދިންގޮތުގައި، މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިހާބާ ގުޅޭ ކެމްޕެއިން ކުރުމުގެ ހަރަކާތްތައް މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް މަނާވާނެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހުންނަށް ލިބިގެންވާއިރު، ވޯޓުލުމަށްޓަކައި މާލެ އާއި އައްޑޫ ސިޓީގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާ 2 ފޮށްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮށްޓެވެ.

Advertisement

Advertisement 1

ވޯޓު ފޮށި ބަހައްޓާ ތަންތަން:

  1. މާލެ، ދަރުމަވަންތަ ސްކޫލް (ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި އަދި ހުޅަނގު)
  2. އައްޑޫ ސިޓީ، ހިތަދޫ ސްކޫލް (ހޯލުގެ ދެކުނު، މެދު، އަދި ކްލާސްރޫމް 1 އާއި 2)

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަނަށް އެ ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ވޯޓުލުމަށް ބޭނުންވާ އޮފިޝަލުން ހަމަޖައްސައި، އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް މިހާރު ވަނީ ނިންމާފަ އެވެ. އަދި އިންތިހާބަށް ބޭނުންވާ 4,154 ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް މިހާރު ވަނީ އައްޑޫ ސިޓީއަށް ގެންގޮސްފަ އެވެ. ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން ވެސް މިހާރު ވަނީ ނިމިފަ އެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސައީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސާދިގެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިހާބުވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި، ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ކުރި ހުކުމާ ގުޅިގެންނެވެ.

ބައި-އިލެކްޝަންއިލެކްޝަންސް ކޮމިޝަން (އީސީ)ހިތަދޫ އުތުރު ދާއިރާއަހްމަދު ސައީދު (ސޮޑާ)އަބްދުﷲ ސޯދިގު (ސޯބެ)ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރިއަލް އެސްޓޭޓް މާކެޓު ރެގިއުލޭޓްކުރާ ބިލު މަޖިލީހަށް

ރިއަލް އެސްޓޭޓް މާކެޓު ރެގިއުލޭޓްކުރާ ބިލު މަޖިލީހަށް

5 ދުވަސް ކުރިން - 10:47

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

5 ދުވަސް ކުރިން - 10:29

މާލޭ ބަނދަރުގެ މައްސަލައަށް އަމަލީ ހައްލެއް ގެނެސްދެއްވީ ރައީސް މުޢިއްޒު: ސައީދު

9 ދުވަސް ކުރިން - 15:32

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުން ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ: މިނިސްޓަރ ސައީދް

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުން ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ: މިނިސްޓަރ ސައީދް

10 ދުވަސް ކުރިން - 14:39

"އެކަޑެމިކް ކަލަންޑަރާ ކުޅެން ފުރުސަތުދޭކަމަށްވާނަމަ، ގައުމުގެ މުސްތަގުބަލަށް ވަރަށް ބޮޑަށް އަސަރުކުރާނެ"

"އެކަޑެމިކް ކަލަންޑަރާ ކުޅެން ފުރުސަތުދޭކަމަށްވާނަމަ، ގައުމުގެ މުސްތަގުބަލަށް ވަރަށް ބޮޑަށް އަސަރުކުރާނެ"

12 ދުވަސް ކުރިން - 12:14

"ހޯމް ސްކޫލިންނަކީ ނިޒާމުން ކުދިން ބޭރުކޮށްލުމެއް ނޫން"

"ހޯމް ސްކޫލިންނަކީ ނިޒާމުން ކުދިން ބޭރުކޮށްލުމެއް ނޫން"

12 ދުވަސް ކުރިން - 12:13