Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ
722 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2024 08:03
ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
ޚުލާސާ

ހުސްވެފައިވާ ކައުންސިލް ރައީސް ގެ ގޮނޑި ކާމިޔާބުކުރެއްވީ ޢަބްދުލް ހަމީދު ޢަބްދުއްސައްތާރު. ސައްތާރު މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 285 ވޯޓުން. އެމްޑީޕީއަށް ލިބިފައިވަނީ 250 ވޯޓު. މި އިންތިހާބުގައި 736 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. ވޯޓުލާފައި ވަނީ 560 މީހުން

ހއ. މާރަންދޫ ކައުންސިލު ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް ޢަބްދުލް ހަމީދު ޢަބްދުއްސައްތާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕާޓީގެ ލީޑަރު އަދި ޤައުމުގެ ރައީސް، އަބްދުއްސައްތާރަށް މަރުހަބާ ވިދާޅުވީ ނިމިގެންމިދިޔަ އިންތިޚާބުގައި މާރަންދޫގެ ބައި-އިލެކްޝަނުން ސައްތާޜު ހޯއްދެވި ކާމިޔާބާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސްގެ ޕޯސްޓިގައި ވަނީ އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން މަސައްކަތްކުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

Advertisement

Advertisement 1

ހއ. މާރަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވޯޓު ދިން ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މި އިންތިހާބުގައި ކޮންގުރެސްގެ ކެންޑިޑޭޓުގެ އިތުރަށް ވާދަކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެކެވެ. މާރަންދޫ ކައުންސިލް ބައި އިލެކްޝަންގައި ވާދަ ކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދެވެ.

ސައްތާރު މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 285 ވޯޓުންނެވެ. ޝިހާމަށް ލިބިފައިވަނީ 250 ވޯޓެވެ. މި އިންތިހާބުގައި 736 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. އޭގެ ތެރެއިން ވޯޓުލާފައި ވަނީ 560 މީހުން ނެވެ.

އެރަށު ކައުންސިލަށް އާ މެންބަރު އިންތިހާބު ކުރަނީ އެރަށު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، މިއަހަރުގެ ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން ނެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީބައި-އިލެކްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

22 މިނެޓު ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

3 ގަޑިއިރު ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

3 ގަޑިއިރު ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

4 ގަޑިއިރު ކުރިން - 16:05

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

1 ދުވަސް ކުރިން - 08:40

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

5 ދުވަސް ކުރިން - 13:50