ޝަރީފް މި މަޤާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން. މިއީ ބޭންކުގެ ތާރީޚުގައި ދިވެއްސަކު މި މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ ފަހަރު.
766 ދުވަސް ކުރިން - 23:27
ބީއެމްއެލްގެ ސްޕޮންސަރޝިޕްގައި ސްވިމިން އެސޯސިއޭޝަންގެ 20 ވަނަ އިންޓަސްކޫލް ފެތުމުގެ މުބާރާތް އޮކްޓޫބަރު 12-17 އަށް ބޭއްވުމަށް ހަމަޖެހި، 21 ސްކޫލަކުން 473 ފެތުންތެރިން ބައިވެރިވާނެކަމަށް އިޢުލާނުކޮށްފި.
771 ދުވަސް ކުރިން - 06:43
ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ.
773 ދުވަސް ކުރިން - 19:57
ފަންޑު ހޯދުމަށް ހުޅުވާލާފައިވަނީ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތަކާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކަށް.ކޮންމެ އަހަރަކު ފަސް މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވޭ.
780 ދުވަސް ކުރިން - 22:10
ބީއެމްއެލްގެ 13 ކަސްޓަމަރުންގެ އެކައުންޓްތަކަކުން ވަގަށް ފައިސާ ނެގިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ބ. އޭދަފުށި، ހިޔާވަހި އަލީ މާޒިންގެ މައްޗަށް. މި 13 މީހުންގެ އެކައުންޓުން ޖުމްލަ 482,611.41 ރުފިޔާ ސައްޙަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައި އަދި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައި.
782 ދުވަސް ކުރިން - 15:24
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކޮށްފި. މި މަޤާމަށް ކުރިމަތިލެވޭނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ނިޔަލަށް
789 ދުވަސް ކުރިން - 11:02
އީޖީއެމްގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އަޙްމަދު އަލީ ޙަބީބު ، އަލީ އިރުފާން އަދި މުޙައްމަދު ޝާހިދު. އީޖީއެމްއަށްފަހު ބޭއްވުނު ބޯޑު ބައްދަލުވުމުގައި އަޙްމަދު އަލީ ޙަބީބު ވަނީ ޗެއާޕާސަންގެ މަޤާމަށް އައްޔަންކޮށްފައި. އަޙްމަދު އަލީ ޙަބީބަކީ މީގެ ކުރިން ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެއް.
791 ދުވަސް ކުރިން - 13:49
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމަށް އަޙްމަދު އަލީ ޙަބީބު ޢައްޔަންކުރެއްވުމަށްޓަކައި، ސަރުކާރުން ޕީސީބީ ބޯޑަށް އޭނާގެ ނަން ހުށަހަޅައިފި. ޙަބީބަކީ ބީއެމްއެލްގެ ޗެއަރމަންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ޤާބިލު ބޭފުޅަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށް ހީނާ ވިދާޅުވެފައިވޭ.
795 ދުވަސް ކުރިން - 21:15
މި މަޤާމުތަކަށް މަހަކު 15,000 އެމެރިކާ ޑޮލަރުގެ މުސާރަ ދެމުންދާ ކަމަށް ނާޒިމް ފާހަގަކުރެއްވި، އަދި ބޭންކުގެ ކޮންޓްރޯލް ނެތި ހިނގަމުންދާނަމަ، ސީރިއަސް މައްސަލަތަކެއް ދިމާވެދާނެކަމަށް ނާޒިމް ވިދާޅުވި.
796 ދުވަސް ކުރިން - 13:53
މި ޕްރޮގްރާމަކީ މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް. ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ. އަދި ރަމަޟާން މަހުގެ ބޯނަހާއި އަހަރީ ޗުއްޓީ ވެސް ލިބޭނެ.
801 ދުވަސް ކުރިން - 17:11
އޭނާއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިސްލާހީ ފިޔަވަޅުތަކާއި ދެކޮޅަށް ދިވެހި ރައްޔިތުންނަށް ދަތިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ބީއެމްއެލްގެ ތެރެއިން ބަޣާވާތެއް ގެނެސް ސަރުކާރު ދެކެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ޖަރީމާގައި ބައިވެރިވި މީހެއް. މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަޤާމުގައި ހުންނަވާނެ
803 ދުވަސް ކުރިން - 12:43
މިކަން ހިންގަނީ ޕާކިސްތާނުގެ ނަމްބަރަކުން. އެއީ 1077883 348 92+ އިން ވަޓްސްއެޕް ވީޑިއޯ ކޯލް މެދުވެރިކޮށް. ވީޑިއޯ ކޯލްގައި ފެންނަނީ އިމިގްރޭޝަން ޔުނީފޯމު ލައިގެން، ފޭސް މާސްކު އަޅައިގެން ތިބޭ ބައެއް.
804 ދުވަސް ކުރިން - 22:57