ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިން އެސޯސިއޭޝަންގެ 20 ވަނަ އިންޓަސުކޫލް ފެތުމުގެ މުބާރާތް ސްޕޮންސަރކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 12 އިން 17 އަށެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި މުބާރާތުގައި 21 ސްކޫލަކުން ޖުމްލަ 473 ފެތުންތެރިން ބައިވެރިވެފައި ވެއެވެ. މިއީ ގީ ގިނަ ސްކޫލުތަކަކުން ގިނަ ފެތުންތެރިން ބައިވެރިވާ މުބާރާތެއްކަން ފާހަގަކުރެވެއެވެ.
މި މުބާރާތަކީ ސްކޫލު ކުދިންގެ މެދުގައި ފެތުމުގެ ހުނަރު ކުރިއެރުވުމަށާއި، ޤައުމީ ފެންވަރުގައި ވާދަކުރެވޭ ފެތުންތެރިން އުފެއްދުމަށް މުހިންމު ދައުރެއް އަދާކުރާ މުބާރާތެކެވެ.








