ރޭގެ މޮޅާއެކު ބާސެލޯނާ ވަނީ 21 މެޗުން 42 ޕޮއިންޓާއެކު ލީގު ތާވަލުގެ 3 ވަނައަށް އަރައިފަ. އެއްވަނައިގައި އޮތީ ރިއަލް މެޑްރިޑް. އެއީ 49 ޕޮއިންޓް.
631 ދުވަސް ކުރިން - 09:42
މިހާރު ބާސެލޯނާ އޮތީ 39 ޕޮއިންޓާ އެކު ތިން ވަނައިގަ. 44 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑް. މިރޭ ކުޅޭ މެޗުގައި ރިއަލް މޮޅުވެއްޖެނަމަ 46 ޕޮއިންޓާއެކު 1 ވަނަ އަށް އަރާނެ.
639 ދުވަސް ކުރިން - 10:27
ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކުރީ ރެއާލް ބެޓިސް ބަލިކޮށްގެން. މެޗުގެ މޮޅު ކުޅުންޔެރިޔަކީ ޒުވާން ލަމީން ޔަމާލް.
642 ދުވަސް ކުރިން - 08:08
ސްޕެނިޝް ސުޕަކަޕްގެ ތާރީޚުގައި އެންމެ ގިނަ ތަށި ހޯދީ ބާސެލޯނާ އިން. އެއީ 15 ފަހަރު. ރިއަލް މެޑްރިޑް އިން ވަނީ 13 ފަހަރު މި ތަށި ނަގާފަ.
645 ދުވަސް ކުރިން - 08:09
ފައިނަލް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހު.
647 ދުވަސް ކުރިން - 12:37
ނިއުޓްރިޝަން ޑިޕާޓްމަންޓާއި އެކު ސްޕޯޓްސް ޑިރެކްޓަރު ޑެކޯ އާއި ޖޯއަން ލަޕޯޓާގެ ކުރީގެ ޅިޔަނު އަލެޖެންޑްރޯ އެޗެވަރިއާ، އާ ޝެފެއް ހޯދާއިރު، ޢަމަލުކުރާނީ ހަރުކަށި ނިއުޓްރިޝަނަލް ގައިޑްލައިންތަކަށް.
654 ދުވަސް ކުރިން - 13:57
އެތުލެޓިކޯ މެޑްރިޑް 18 މެޗުން 41 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް އަރާފައި ވާއިރު ބާސެލޯނާ އޮތީ 19 މެޗުން 38 ޕޮއިންޓާއެކު ދެވަނައިގަ. ރިއަލް މެޑްރިޑް އޮތީ ތިންވަނައިގަ.
667 ދުވަސް ކުރިން - 10:53
އާސެނަލުން މޮނާކޯ ބަލިކުރީ 3-0 ލަނޑުން. ބާސާއިން ޑޯޓްމުންޑް ބަލިކުރީ 3-2 ގެ ނަތީޖާއިން. ސިޓީ އަށް ޔުވެމްޓަސްގެ އަތުން ދެރަ ލިބުނީ 0-2 ލަނޑުން.
677 ދުވަސް ކުރިން - 09:29
ރެއަލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެފަހަރު ލީޑު ނެގުމަށްފަހު 2-2 އިން އެއްވަރުވުމުން ކޯޗު ފްލިކް ވަނީ ޓީމުގެ ކުޅުން އެއްވަރެއްގައި ނުހިފެހެއްޓޭތޯވެ ކަންބޮޑުވެފަ. ބާސާ ވައްޓާލަން ރިއަލް އަށް ފުރުސަތު ބޮޑު.
681 ދުވަސް ކުރިން - 09:46
ކޯޗު ފްލިކް ވަނީ ރަފިންހާއަށް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައި އަރާމެއް ނުދޭނެ ކަމަށް އިއްޔެ ބުނެފަ. ރަފިންހާ އާއެކު މިރޭ ބެޓިސްއާއި ދެކޮޅަށް ލެވަންޑޮވްސްކީވެސް ކުޅޭނެ.
682 ދުވަސް ކުރިން - 07:43
މަޔޯކާ ކޮޅަށް ފަސްގޯލު ޖަހައި ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދީ ރިއަލް މެޑްރިޑަށްވުރެ އިތުރަށް ދެ މެޗު ކުޅެގެން.
684 ދުވަސް ކުރިން - 12:46
ލަސް ޕަލްމާސް އަތުން ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވެއްޖެ. މިއީ 53 އަހަރަށްފަހު ލަސް ޕަލްމާސް އިން ބާސެލޯނާގައި ހޯދި ފުރަތަމަ މޮޅު.
688 ދުވަސް ކުރިން - 22:15