ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް ރިއާލް މެޑްރިޑް ދަތުރުކޮށްފިއެވެ. ރޭ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސިޓީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި މަޔޯކާ އާއި ދެކޮޅަށް ކުޅެ، 3-0 ގެ ނަތީޖާއަކުން ރިއާލް މެޑްރިޑް ވަނީ މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި ރިއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ފުރިހަމަ ހުނަރު ދައްކާލާފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ރިއާލް މެޑްރިޑްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި މަޔޯކާގެ ވަލްޖެންޓް އަތުން ބައިކޮޅަށް ގޮލެއް ވަންއިރު، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ރޮޑްރިގޯ ވަނީ ރިއާލް މެޑްރިޑްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅުވުމާއެކު ފައިނަލުގައި ރިއާލް މެޑްރިޑާ ކުރިމަތިލާނީ ޖެނުއަރި 12 ވަނަ ދުވަހު އެ ޓީމުގެ ވާދަވެރި ބާސެލޯނާ އާ އެވެ. ބާސެލޯނާ އިން ފައިނަލަށް ދަތުރުކޮށްފައިވަނީ އެތްލެޓިކް ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.