ރިއަލް ބެޓިސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ރަފިންހާއަށް ރެސްޓެއް ނުދޭނެ ކަމަށް ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް އިއްޔެ ބުނެފިއެވެ.
މި ހަފުތާގެ ކުރީކޮޅު މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ރޮބަޓް ލެވަންޑޮވްސްކީއަށް އަރާމު ދިނުމަށްފަހު، ފްލިކް ބުނީ ރަފިންހާއަކީ ޓީމަށް ކޮންމެހެން ބޭނުންވާ ކުޅުންތެރިއެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ރަފާ ބޭނުންވޭ. އޭނާއަށް ކުޅެވޭ ކަމަށްވަންޏާ އޭނާ ކުޅޭނެ. 90 މިނެޓަށް ތައްޔާރުވެފައި ހުރި ކަމަށްވަންޏާ 90 މިނެޓު ކުޅޭނެ. ލެވަންޑޮވްސްކީވެސް ކުޅޭނެ،" ފްލިކް ބުންޏެވެ.
ލީގުގެ އެއްވަނައިގައި ބާސެލޯނާ (37 ޕޮއިންޓުގައި) އޮތްއިރު މިރޭ ކުޅޭ މެޗުގައި ބާސެލޯނާ ވާދަކުރާނީ ލީގުގެ 10 ވަނަ ގައިވާ ބެޓިސްއާ ދެކޮޅަށެވެ.









