ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާ އިން ރަށުން ބޭރުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މޮޅާއިއެކު ބާސެލޯނާ އިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލީޑު ހަތަރު ޕޮއިންޓަށް ފުޅާކޮށްފައެވެ.
މެޗުގެ ފުރަތަމަ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެެވެ. މެޗުގެ 12 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ބާސެލޯނާއަށް ފުރަތަމަ ލަނޑު ޖެހިއިރު ހާފް ނިމުމުގެ ކުރިން، 43 ވަނަ މިނެޓުގައި ވެޑާޓް މުރިކީ މަޔޯކާއަށް ލަނޑު ޖަހައި ނަތީޖާ އެއްވަރު ކުރިއެވެ.
ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓޭކް ވަރުގަދަކޮށް އިތުރު ހަތަރު ލަނޑު ޖެހިއެވެ. ރަފީނިއާ ދެ ލަނޑު ޖެހިއިރު ފްރެންކީ ޑި ޖޯން އަދި ޕައު ވިކްޓަރ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހައިފައެވެ.
މި ނަތީޖާއާއެކު ބާސެލޯނާ 16 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައުގައި ލީޑް ފުާކުރިއިރު ރިއަލް މެޑްރިޑް ވަނީ 14 މެޗުން 33 ޕޮއިންޓް ހޯދާފައެވެ. ހަވަނައިގައި މަޔޯކާ އޮތީ 16 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ.
ބާސެލޯނާ އިން ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދީ ރިއަލް މެޑްރިޑަށްވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ.









