ބިސް ކެއްކި ގޮތާއި ގުޅޭ ގޮތުން ބާސެލޯނާގެ ތަރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ފަރާތުން ހީވެސް ނުކުރާ ކަހަލަ ޝަކުވާއެއް ލިބުމުން، ބާސެލޯނާ އެފްސީން އާ ޓީމް ޝެފެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފޯވާޑްގެ ހިތްހަމަނުޖެހުމުގެ ސަބަބުން ކަލިނަރީ ޓީމުގައި ލޮޅުންތަކެއް އުފެދިފައިވާއިރު، ކުޅުންތެރިންގެ ކެއުމުގެ ކަންތައް ރަނގަޅު ކުރުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ހެޑް ކޯޗު ހާންސީ ފްލިކް ވަނީ ގޮވާލާފަ އެވެ.
ކްލަބުގެ ނިއުޓްރިޝަން ޑިޕާޓްމަންޓާއި އެކު ސްޕޯޓްސް ޑިރެކްޓަރު ޑެކޯ އާއި ޖޯއަން ލަޕޯޓާގެ ކުރީގެ ޅިޔަނު އަލެޖެންޑްރޯ އެޗެވަރިއާ، އާ ޝެފެއް ހޯދާއިރު، ޢަމަލުކުރާނީ ހަރުކަށި ނިއުޓްރިޝަނަލް ގައިޑްލައިންތަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ހާންސީ ފްލިކް ވަނީ ހެޑް ކޯޗުކަމާއި ހަވާލުވި ފަހުން ކުޅުންތެރިންގެ ފިޓްނަސް އާއި ޚާއްސަކޮށް ކެއުމާއި ނިދުމާއި އަރާމު ކުރުމުގެ ކަންތަކަށް އަމާޒުކޮށްގެން ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.
ފްލިކްގެ ފާހަގަކޮށްލެވޭ އެއް އެޖެސްޓްމަންޓްގެ ތެރޭގައި ދަތުރުފަތުރުގެ އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެ އެވެ. ރޭގަނޑު ދަންވަރު ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް ފަހު އެނބުރި އައުމުގެ ބަދަލުގައި މިހާރު ކުޅުންތެރިން ރޭގަނޑު ތިބެނީ ޖެހިގެން އަންނަ ދުވަހު ދަތުރު ކުރުމަށް މަޑުކޮށްލައިގެންނެވެ. ސަބަބަކީ އެކަށީގެންވާ ރިކަވަރީ ޓައިމް ކަށަވަރު ކުރުމަށެވެ.









