
މި އުފާފާޅުކުރުމުގައި ފިރިހެން ޓީމުގެ އިތުރުން، މި ސީޒަނުގައި ފީފާ ވިމެންސް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރި އާސެނަލްގެ އަންހެން ޓީމުވެސް ވަނީ ބައިވެރިވެފަ. އިސްލިންގްޓަންގެ ފަސް މޭލުގެ ސަރަހައްދެއްގައި ބޭއްވި މި ރެލީ ނިންމާލާފައިވަނީ އެމިރޭޓްސް ސްޓޭޑިއަމް ކައިރިން.
100 ދުވަސް ކުރިން - 03:22
މިއީ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލުން އާސެނަލް ނަކާމިޔާބީއާ ކުރިމަތިލާންޖެހުނު ދެވަނަ ފަހަރު. ޕީއެސްޖީ މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި ކުރި ހޯދައިގެން. ޕީސްޖީން ވަނީ މި ސީޒަނުގައި ފްރާންސް ލީގާއި، ފްރެންޗު ސުޕަ ކަޕާއި، ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފަ.
101 ދުވަސް ކުރިން - 00:00
އާސެނަލްއަކީ މި މުބާރާތުގައި އެންމެ މަދު ގޯލު ވަދެފައިވާ އަދި އެންމެ ގިނަ ކްލީން ޝީޓް ހޯދާފައިވާ ޓީމު. އަދި ޕީއެސްޖީއަކީ މި މުބާރާތުގައި ގޯލަށް އެންމެ ނުރައްކާތެރި ޓީމު. ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީގެ ބަލިފަޔަކީ އެޓީމުގެ ގޯލް ކީޕަރު ސަފޮނޯވް.
102 ދުވަސް ކުރިން - 14:46
މި ސީޒަނުގައި ޗެލްސީއަށް ޔޫރަޕުގެ މުބާރާތުން ޖާގަ ނުލިބުނުއިރު ޓޮޓެންހަމް ހަނގުރާމަކުރީ ރެލިގޭޝަނުން ސަލާމަތްވޭތޯ. ލިވަޕޫލް މި ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ.
107 ދުވަސް ކުރިން - 13:01
ލީގު ތަށި ކާމިޔާބުކުރުމަށްފަހު، އާސެނަލްގެ ދެން އޮތް އަމާޒަކީ ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުން. މި މެޗު އޮންނާނީ މިމަހުގެ 30ގައި.
112 ދުވަސް ކުރިން - 13:02
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އެޓީމު މޮޅުވީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން.
126 ދުވަސް ކުރިން - 01:52
މި މެޗުގައި ގޯލުތައް ޖެހީ ވިކްޓާ ގިޔޮކެރޭސް ގެ އިތުރުން ހޫލިއަން އަލްވަރޭޒް. މި ދެ ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އިން.
132 ދުވަސް ކުރިން - 17:18
މިރޭގެ ސެމީ ފައިނަލުގައި އެތުލެޓިކޯ އާއި އާސެނަލް ބައްދަލުކުރާއިރު، ޑިފެންސިވް ކުޅުމަކަށް އިސްކަންދޭ ފޫހި ކުރިމަތިލުމެއް ފެންނާނެ ކަމަށް ބެލެވޭ.
133 ދުވަސް ކުރިން - 18:45
ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުން. އަދި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ.
136 ދުވަސް ކުރިން - 23:29
ސިޓީއަށް ލިބުނު މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ސިޓީ މިވަގުތު އޮތީ 67 ޕޮއިންޓާއެކު. އާސެނަލް އެއްވަނައިގައި 70 ޕޮއިންޓާއެކު އޮތީ އެއްމެޗު އިތުރަށް ކުޅެގެން.
142 ދުވަސް ކުރިން - 23:56
ބޯންމައުތު އަތުން އާސެނަލް ބަލިވެފައިވަނީ 1-2 ގެ ނަތީޖާއީން. އަންނަ ހަފްތާގައި އާސެނަލް ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ސިޓީއާ ދެކޮޅަށް.
150 ދުވަސް ކުރިން - 21:26
ސިޓީން ތަށި ނެގީ 0-2ގެ ނަތީޖާއިން މޮޅުވެގެން. މި ނަތީޖާއާއެކު، އެއް ސީޒަނެއްގައި ހަތަރު ތަށި ހޯދުމަށް އާސެނަލް ކުރަމުން އައި އުންމީދުތައް ވަނީ ފެނަށް ގޮސްފަ.
170 ދުވަސް ކުރިން - 01:26
ޑޯމަން މި ރެކޯޑް ގާއިމުކުރީ އުމުރުން 16 އަހަރާއި 73 ދުވަހުގަ. މީގެ ކުރިން މި ރެކޯޑް އޮންނަނީ އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ޖޭމްސް ވޯން އަތުގަ.
178 ދުވަސް ކުރިން - 02:47