Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިނގިރޭސި ޕްރިމިއާ ލީގު: އާސެނަލް އަދި ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގު: އާސެނަލް އަދި ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފި

އައިޝަތު އީމާން
91 ދުވަސް ކުރިން - 25 އޭޕްރިލް 2026 23:29
ލިވަޕޫލްގެ އިސަކް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: ލިވަޕޫލް
ލިވަޕޫލްގެ އިސަކް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: ލިވަޕޫލް
ޚުލާސާ

ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުން. އަދި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ތާވަލުގެ ކުރީގައި އުޅޭ އާސެނަލް އަދި ލިވަޕޫލް ވެސް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ވަރަށް ކުރީކޮޅުގަ އެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އެބެރެޗީ އެޒޭ އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެގޮތުން ނިއުކާސަލުން ގޯލާ އަމާޒަށް ތިން ހަމަލާ ފޮނުވާލިއިރު، އާސެނަލުން ވަނީ ހަތަރު ހަމަލާއެއް ފޮނުވާލާފަ އެވެ. މި މޮޅާއެކު އާސެނަލް މިވަގުތު އޮތީ 73 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ނަމަވެސް އެއީ ވާދަވެރި ޓީމުތަކަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. މި މެޗުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.

Advertisement

Advertisement 1

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މިއީ މި ސީޒަނުގައި މީގެ ކުރިން ތިން ފަހަރު ޕެލަސް އަތުން ބަލިވެފައިވާ ލިވަޕޫލަށް ލިބުނު މުހިންމު ބަދަލު ހިފުމެކެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު، އެލެކްސިސް މެކް އެލިސްޓާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އެލެގްޒެންޑަރ އިސާކް އެވެ. އޭގެ ފަހުން އެންޑީ ރޮބަޓްސަން ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ފަހު ވަގުތު ފްލޯރިއަން ވާޓްޒް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފަ އެވެ. ކްރިސްޓަލް ޕެލަސްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑެނިއަލް މުނޯޒް އެވެ.

މި މެޗުގައި ލިވަޕޫލަށް ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމަކީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހަށް އަނިޔާވެގެން ބާލަން ޖެހުމެވެ. މަސްގަނޑަށް ލިބުނު މި އަނިޔާއާ ގުޅިގެން ސަލާހް ދަނޑުން ފޭބީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރުމަށްފަހު އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފަ އެވެ. އެއީ ގޯލުގެ ތަފާތުން އެސްޓަން ވިލާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލަށް މި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް އާވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްލިވަޕޫލްނިއުކާސަލްކްރިސްޓަލް ޕެލަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

56 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14