Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އާސެނަލް ބަލިވެ ޕްރިމިއާ ލީގުގެ ރޭސް ފޯރިގަދަވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
191 ދުވަސް ކުރިން - 11 އޭޕްރިލް 2026 21:26
ބޯންމައުތު ކުޅުންތެރިން އުފާފާޅުކުރަނީ. / ފޮޓޯ: ބޯންމައުތު
ބޯންމައުތު ކުޅުންތެރިން އުފާފާޅުކުރަނީ. / ފޮޓޯ: ބޯންމައުތު
ޚުލާސާ

ބޯންމައުތު އަތުން އާސެނަލް ބަލިވެފައިވަނީ 1-2 ގެ ނަތީޖާއީން. އަންނަ ހަފްތާގައި އާސެނަލް ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ސިޓީއާ ދެކޮޅަށް.

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް އާސެނަލް، ރޭ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 2-1 އިން ބަލިވެ، ލީގު ހޯދުމުގެ ރޭސް މުޅިން ހުޅުވިއްޖެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލީ ޖޫނިއާ ކްރޫޕީއެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވެފައިވަނީ 1999-2000 ވަނަ އަހަރުގެ ސީޒަނުގައި ރޮބީ ކީންއަށް ފަހު، ލީގުގައި އަލަށް ކުޅޭ ސީޒަނެއްގައި 10 ލަނޑު ހަމަކުރި ފުރަތަމަ ފުރާވަރުގެ ކުޅުންތެރިޔާއަށެވެ.

އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ބޯންމައުތުގެ ރަޔަން ކްރިސްޓީ އަތުގައި ބޯޅަ ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވިކްޓަ ގިޔޮކެރޭސް އެވެ.މުޅި މެޗުގައިވެސް އާސެނަލްގެ ފަރާތުން ފެނިފައިވަނީ ވަރަށް ފަރުވާކުޑަ ކުޅުމެކެވެ.

Advertisement

Advertisement 1

މެޗުން ބޯންމައުތު މޮޅުވި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސް ސްކޮޓެވެ. އޭނާ މި ލަނޑު ޖެހީ ބޯންމައުތުގެ ކުޅުންތެރިން ގުޅިގެން އުފެއްދި ވަރަށް ރީތި ހަމަލާއަކުންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. މާނައަކީ މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ، އާސެނަލްއާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑަށް ކުޑަވާނެ އެވެ. އަދި އަންނަ ހަފުތާގައި އާސެނަލްއާ ދެކޮޅަށް ސިޓީ އަމިއްލަ ދަނޑުގައި ކުޅެން އޮތުމުން، މިއީ ޕެޕް ގާޑިއޯލާގެ ޓީމަށް ލިބުނު ރަން ފުރުސަތެކެވެ.

އާސެނަލް މި މެޗަށް ނުކުތްއިރު، ފާއިތުވި ދުވަސްތަކުގައި އެޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ލީގު ކަޕްގެ ފައިނަލުން ސިޓީ އަތުން ބަލިވުމާއި، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ސައުތެމްޓަން އަތުން ބަލިވެ ކެޓުން ހިމެނެ އެވެ.

މި މޮޅާއެކު ބޯންމައުތު ވަނީ ތާވަލުގެ 9 ވަނައަށް ޖެހިލައި، ޔޫރަޕްގެ މުބާރާތްތަކުން ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފަ އެވެ. މިއީ މިދިޔަ ނުވަ މެޗުގެ ތެރޭގައި އާސެނަލް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.

ބޯންމައުތްއާސެނަލްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

20 ދުވަސް ކުރިން - 08:51

އޮޑެގާޑްގެ ލަނޑުން ނަޕޯލީ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއާއެކު

40 ދުވަސް ކުރިން - 08:58

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

50 ދުވަސް ކުރިން - 22:27

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

141 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

142 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

142 ދުވަސް ކުރިން - 19:29