Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާސެނަލް އިން ފަހު ވަގުތު މޮޅުވެ، ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ޑޯމަން އަށް

އާސެނަލް އިން ފަހު ވަގުތު މޮޅުވެ، ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ޑޯމަން އަށް

އައިޝަތު ރުވާ ރިފްޢަތު
125 ދުވަސް ކުރިން - 15 މާޗް 2026 02:47
ޒުވާން ފޯވާޑު މެކްސް ޑޯމަން. / ފޮޓޯ: އާސެނަލް
ޒުވާން ފޯވާޑު މެކްސް ޑޯމަން. / ފޮޓޯ: އާސެނަލް
ޚުލާސާ

ޑޯމަން މި ރެކޯޑް ގާއިމުކުރީ އުމުރުން 16 އަހަރާއި 73 ދުވަހުގަ. މީގެ ކުރިން މި ރެކޯޑް އޮންނަނީ އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ޖޭމްސް ވޯން އަތުގަ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި އެވަޓަން ބައްދަލުކުރި މެޗު 2-0 އިން އާސެނަލް ކާމިޔާބުކުރިއިރު، އެ ޓީމުގެ އުމުރުން 16 އަހަރުގެ ވިންގާ މެކްސް ޑޯމަން ޕްރިމިއާ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑޯމަން މި ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ހާފުގެ މެދުތެރެއިން ބޯޅަ ހޯދައި، އެވަޓަންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކައުންޓާ އެޓޭކެއްގަ އެވެ. މި ވަގުތަކީ އެވަޓަންއަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްވެސް ކުރިއަށް އަރައި ހުއްޓާ ލިބުނު ފުރުސަތަކަށް ވުމުން، ޑޯމަން ބޯޅަ ފޮނުވާލީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށެވެ.

އިނގިރޭސި ފުޓްބޯޅައިގެ އުއްމީދީ ތަރި، ޑޯމަން މި ރެކޯޑް ގާއިމުކުރީ އުމުރުން 16 އަހަރާއި 73 ދުވަހުގަ އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު ތިންވަނަ މެޗެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ޖޭމްސް ވޯން އަތުގަ އެވެ. އޭނާ 2005 ވަނަ އަހަރު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ލަނޑު ޖެހިއިރު އުމުރަކީ 16 އަހަރާއި 270 ދުވަހެވެ.

Advertisement

Advertisement 1

މިދިޔަ ނޮވެމްބަރު މަހު ޑޯމަން ވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑްވެސް މުގުރާލާފަ އެވެ. އެއީ 15 އަހަރާއި 308 ދުވަހުގައި ސްލާވިއާ ޕްރާގާ ދެކޮޅަށް ކުޅެން އެރުމުންނެވެ.

އަދިވެސް ސްކޫލްގައި ކިޔަވަމުންދާ ޑޯމަންއަށް، އާސެނަލްގެ ސީނިއާ ޓީމާއެކު ފަރިތަކުރުމުގެ ފުރުސަތު ކޯޗު މިކޭލް އާޓެޓާ ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ އުމުރުން އެންމެ 14 އަހަރުގަ އެވެ. އަދި ސީޒަނުގެ ކުރިން އާސެނަލް އިން އޭޝިއާގައި ކުރި ދަތުރުގައި އޭސީ މިލާން އާއި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން 18 އަހަރުން ދަށުގެ ކުޅުންތެރިން ސީނިއާ ކުޅުންތެރިންނާ ވަކިން ހުންނަ ކޮޓަރިއެއްގައި ހެދުން ބަދަލުކުރަން ޖެހޭތީ، ޑޯމަން ފަރިތަކުރުންތަކާއި މެޗުތަކަށް ތައްޔާރުވަނީ ވަކި ކޮޓަރިއެއްގަ އެވެ.

ޕްރިމިއާ ލީގުގައ މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނިއުކާސަލް އިން ވަނީ 1-0 އިން ޗެލްސީ ބަލިކޮށްފައެވެ. ބްރައިޓަން އިން ސަންދަލޭންޑްގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ. އަދި ބާންލޭ އާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ތާވަލުގައި އާސެނަލް އެއްވަނައިގައި ހަމަޖެހިލައިގެން އޮތީ 70 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ބާކީ ހަތް މެޗު އޮތްއިރު ދެވަނައިގައި އޮތް ސިޓީއާ 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އާސެނަލްއެވަރޓަންއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

47 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

48 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

48 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

48 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

54 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

54 ދުވަސް ކުރިން - 12:14