ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި އިންޓަމިލާން މޮޅުވުމުން، ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރު ކުރަންޓަކައި ފަހު މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެއް.
631 ދުވަސް ކުރިން - 10:32
ރޭ އާސެނަލް މޮޅުވީ 2-1 ގެ ނަތީޖާއަކުން. ޕްރިމިއަރ ލީގުގައި ވިދިވިދިގެން 11 މެޗު ބަލިނުވެ ކުޅެފައިވާއިރު އާސެނަލްގެ ދެން އޮތް މެޗަކީ ހޮނިހިރު ދުވަހު އަސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗް.
638 ދުވަސް ކުރިން - 08:06
މިއީ ފާއިތުވި 4 މެޗު ފަހުން މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލް ބަލިކުރެވުނު ފުރަތަމަ ފަހަރު. ޕެނަލްޓީގައި ޔުނައިޓެޑް މޮޅުވީ 5-3 އިން.
642 ދުވަސް ކުރިން - 23:47
އާސެނަލުން 23 ޝޮޓު ހެދިއިރު ޓާގެޓަށް ދިޔައީ އޭގެ ތެރެއިން އެންމެ 3 ޝޮޓް މެޗުގައި ބޭނުންކުރީ ޕިއުމާގެ ބޯޅަ. އެއީ ޕްރިމިއަރ ލީގުގައި ބޭނުންކުރާ ނައިކީގެ ބޯޅަ އާއި ތަފާތު ބޯޅައެއް.
646 ދުވަސް ކުރިން - 08:50
އާސެނަލުން ބްރެންޓްފޯޑުގެ މައްޗަށް ކުރިހޯދި ނަމަވެސް އެއްވަނާގައި އޮތް ލިވަޕޫލާއި ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އެބައޮތް. ބްރެންޓުފޯޑަށް އެންމެ ފަހުން އާސެނަލް ބަލިކުރެވިފައިވަނީ 2021 ވަނަ އަހަރު.
653 ދުވަސް ކުރިން - 00:51
އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 36 ޕޮއިންޓާ އެކު. ދެ ވަނައިގައި ޗެލްސީ އަށް 35 ޕޮއިންޓު ލިބެނީ ވެސް 18 މެޗުން.
657 ދުވަސް ކުރިން - 09:32
އާސެނަލްގެ ބުކަޔޯ ސަކާއަށް ސީރިއަސް އަނިޔާއެއްވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާންޖެހިފައިވާ ކަމަށް ކޯޗު އާޓޭޓާ ބުނެފި. ސަކާގެ އަނިޔާއަށް ހައްލެއް ހޯދުމަށް ޓީމުން މަސައްކަތްކުރަމުންދާ ކަމަށް އާޓޭޓާ ބުނި.
661 ދުވަސް ކުރިން - 17:37
ލިވަޕޫލުން ރަށުން ބޭރުގައި ސައުތުހެމްޓަން 2-1 އިން ބަލިކުރިއިރު، އާސެނަލް ވަނީ 3-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ސެމީގެ ޖާގަ ހޯދާފަ. ނިއުކާސަލް ސެމީއަށް ދިޔައީ ބްރެންޓްފޯޑު 3-1 އިން ބަލިކޮށްގެން.
666 ދުވަސް ކުރިން - 08:59
އާސެނަލުން މޮނާކޯ ބަލިކުރީ 3-0 ލަނޑުން. ބާސާއިން ޑޯޓްމުންޑް ބަލިކުރީ 3-2 ގެ ނަތީޖާއިން. ސިޓީ އަށް ޔުވެމްޓަސްގެ އަތުން ދެރަ ލިބުނީ 0-2 ލަނޑުން.
673 ދުވަސް ކުރިން - 09:29
އާސެނަލް ޕްރިމިއާ ލީގުގެ ދެވަނަ އަށް އަރައިފި. ގޯލާއި ޕޮއިންޓުގެ ގޮތުން ޗެލްސީއާއި ހަމަހަމަވެފައި ވާއިރު ތާވަލުން ދެވަން ލިބުނީ އަލްފަބެޓިކަލް އޯޑަރުން.
683 ދުވަސް ކުރިން - 13:36
ފުރަތަމަ 36 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ 4 ގޯލު ޖަހާފަ. އޭގެ ފަހުން ވެސްޓްހެމުން 4 މިނެޓުގެ ތެރޭގައި 2 ގޯލު ޖެހިއިރު ހާފު ޓައިމުގެ ކުރިން އާސެނަލްގެ ފަސްވަނަ ގޯލު ޖެހި.
684 ދުވަސް ކުރިން - 08:27
އާސެނަލުން ނޮޓިންގްހަމް ފޮރެސްޓާ 3-0 އިން ބަލިކޮށްފި. ކެޕްޓަން އޮޑެގާޑް އަނބުރާ އައުމަށްފަހު ޓީމުގެ ފޯމް ރަނގަޅުވެފައިވާކަމަށް އާޓެޓާ ބުނިއިރު މި މޮޅާއިއެކު ޕްރިމިއާ ލީގުގައި 2،000 މެޗު ކާމިޔާބުކުރި ދެވަނަ ޓީމަށް އާސެނަލް.
691 ދުވަސް ކުރިން - 03:29