10 ކުޅުންތެރިންނާއެކު ކުޅެ، ހިތްދަތި ގޮތަކަށް އާސެނަލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އެފްއޭކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އިނގިރޭސި އެފްއޭ ކަޕުގެ 90 މިނެޓް ހަމަވީ 1-1 އިން އެއްވަރު ވެގެންނެވެ. ނަތީޖާއެއް ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޔުނައިޓެޑް މޮޅުވީ 5-3 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅު 52 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއެވެ. ނަމަވެސް، ޑިއޯގޯ ޑަލޮޓް އަށް 61 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ދަނޑުން ފައިބާން ޖެހުމުން އާސެނަލްގެ ކުޅުން ވަރުގަދަކުރިއެވެ. މި ފުރުސަތުގައި 63 ވަނަ މިނެޓު އާސަނަލްގެ ގެބްރިއެލް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ހެރީ މަގުއާ ކައި ހަވަޓްޒްއަށް ފައުލް ކުރުމުން އާސަނަލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އާސެނަލަށް ދިނުމާއެކު ދެޓީމު ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައި ވެއެވެ. ނަމަވެސް، މާޓިން އޮޑެގާޑްގެ ޕެނަލްޓީ ޔުނައިޓެޑްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑުގެ ކީޕަރު އަލްޓޭ ބައުންޑިއަރ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މާޓިން އޮޑެގާޑްގެ ޕެނަލްޓީ ޔުނައިޑެޓުގެ ކީޕަރު ބައުންޑިއަރ މަތަކުރަނީ.
ޕެނަލްޓީ ޝޫޓްއައުޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިން ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު އާސެނަލް އެފްއޭ ކަޕުން އަލްވަދާއު ކިޔާފައިވަނީ ކައި ހަވާޓްޒްގެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.
މި މެޗުގައި ގެބްރިއެލް ޖީސަސް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ފައިބަން ޖެހުނެވެ. އަދި ޕެނަލްޓީ އަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފައިވެއެވެ.









