އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އަނބުރާ އައުމަށްފަހު ޓީމުގެ ފޯމް ރަނގަޅު ވެފައިވާ ކަމަށް ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ. ރޭ ކުޅުނު މެޗުގައި އާސެނަލް ވަނީ ނޮޓިންގަމް ފޮރެސްޓާއި ދެކޮޅަށް ކުޅެ 3-0 އިން މޮޅުވެފައެވެ. މި މެޗުގައި އޮޑެގާޑްވަނީ ގޯލެއް ޖަހަން އެހީތެރިވެދީފައެވެ. އޭނާ އަނބުރާ އައުމަށްފަހު ކުޅުނު ދެ މެޗުގައިވެސް ލަނޑު ޖަހަން އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަ ކުރެވެއެވެ.

މި މޮޅާއިއެކު އާސެނަލްވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 2،000 މެޗު ކާމިޔާބުކުރި ދެވަނަ ޓީމަށްވެފައެވެ. މީގެ ކުރިން މި ރެކޯޑު ހާސިލުކޮށްފައިވަނީ ލިވަޕޫލެވެ. ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ބުކާޔޯ ސަކާއެވެ. އޭގެ ފަހުން ތޯމަސް ޕާޓީއާއި އީތަން ނުވަނެރީ ވަނީ ލަނޑު ޖަހާފައެވެ.

މެޗަށްފަހު އާޓެޓާ ވަނީ ޓީމުގެ ކުޅުން ރަނގަޅު ވެފައިވާ ކަމަށް ބުނެފައެވެ. އަދި އޮޑެގާޑް އަނބުރާ އައުމުން ޓީމުގެ ކުޅުން ރަނގަޅު ވެފައި ވާކަމަށް ވެސް އާޓެޓާ ބުންޏެވެ. މީގެ އިތުރުން އާސެނަލްގެ ދެވަނަ އެންމެ ޅަ އުމުރުގައި ޕްރިމިއާ ލީގުގައި ލަނޑު ޖެހި ކުޅުންތެރިޔާ ކަމުގައިވާ ނުވަނެރީގެ ކުޅުމަށް ވެސް އާޓެޓާ ވަނީ ތައުރީފު ކޮށްފައެވެ.