އިނގިރޭސި ޕްރީމިއަރ ލީގުގައި އާރސެނަލް ވަނީ ދެވަނައަށް އަރައިފައެވެ. ރޭ ޗެލްސީން އެސްޓަންވިލާއާ ކުރިމަތިލައި 3-0 އިން މޮޅުވުމާއި ގުޅިގެން، ޗެލްސީ އާއި އާރސެނަލް ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ.
މިހާތަނަށް ކުޅުނު 13 މެޗުން ދެ ޓީމަށްވެސް ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި ދެ ޓީމުވެސް ވަނީ 26 ގޯލު ޖަހައި، 14 ގޯލު ބައިކޮޅަށް ވަދެފައެވެ. މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވެސް ނަތީޖާ ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.
ނަމަވެސް، ލީގުގެ ޤަވާއިދުގެ ދަށުން ޓީމުތައް ޝީލްޑް ކުރުމުގައި އަލްފަބެޓިކަލް އޯޑަރަށް ބަލާއިރު، އާސެނަލް "އޭ" އަކުރުން ފެށޭއިރު ޗެލްސީ "ސީ" އަކުރުން ފެށޭތީ، އާސެނަލް ވަނީ ދެވަނައަށް އަރާފައެވެ.
ރޭގެ މެޗުގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ ޖެކްޝަން، އެންޒޯ އަދި ޕާމާއެވެ. އާސެނަލްވެސް ވަނީ ވެސްޓްހޭމްއާ ކުރިމަތިލައި 5-2 އިން މޮޅުވެފައެވެ.









