Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުރަތަމަ ހާފުގައި 7 ގޯލު ފެނުނު މެޗުގައި އާސެނަލުން ކްރޭޒީ ކޮށްލައިފި - އާޓެޓާ

ފުރަތަމަ ހާފުގައި 7 ގޯލު ފެނުނު މެޗުގައި އާސެނަލުން ކްރޭޒީ ކޮށްލައިފި - އާޓެޓާ

އުސްތާޛް މުޙައްމަދު ޢަލީ
602 ދުވަސް ކުރިން - 1 ޑިސެންބަރު 2024 08:27
އާސެނަލްގެ މެނޭޖަރ މިކެލް އާޓެޓާ
އާސެނަލްގެ މެނޭޖަރ މިކެލް އާޓެޓާ
ޚުލާސާ

ފުރަތަމަ 36 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ 4 ގޯލު ޖަހާފަ. އޭގެ ފަހުން ވެސްޓްހެމުން 4 މިނެޓުގެ ތެރޭގައި 2 ގޯލު ޖެހިއިރު ހާފު ޓައިމުގެ ކުރިން އާސެނަލްގެ ފަސްވަނަ ގޯލު ޖެހި.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހެމް އާއި ދެކޮޅަށް ކުޅެ 5 ލަނޑު 2 ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީޚުގައި ފުރަތަމަ ހާފުގައި 7 ގޯލު ޖެހުނު ހަތަރުވަނަ މެޗެވެ. އާސެނަލްގެ މެނޭޖަރ މިކެލް އާޓެޓާ ބުނީ ވެސްޓް ހެމާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލުން "ކްރޭޒީ" ކޮށްލިކަމަށެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 36 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ގެބްރިއެލް، ލިއެންޑްރޯ ޓްރޮސާޑް، މާޓިން އޯޑެގާޑް އަދި ކައި ހަވާޓްޒް މެދުވެރިކޮށް 4 ގޯލު ޖަހާފައެވެ. އޭގެ ފަހުން ވެސްޓް ހެމުން ވަނީ 4 މިނެޓުގެ ތެރޭގައި 2 ގޯލު ޖަހާފައެވެ. ހާފު ޓައިމުގެ ކުރިން ބުކާޔޯ ސަކާ ވަނީ ޕެނަލްޓީއަކުން އާސެނަލްގެ ފަސްވަނަ ގޯލު ޖަހާފައެވެ. މިއީ އާސެނަލުން ޕްރިމިއަރ ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި 2 ޕެނަލްޓީ ޖެހި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

އާޓެޓާ ބުނީ ގިނަ ގޯލު ޖެހުނުކަމީ އުފާވެރިކަމެއް ނަމަވެސް، ޑިފެންސްގެ ކަންތައްތައް ރަނގަޅުކުރަން ޖެހޭކަމަށެވެ. "އަޅުގަނޑުމެން ކްރޭޒީ ކޮށްލީ. މެޗު ފެށުނު އިރު ވަރަށް ރަނގަޅަށް ކުޅުނު. އަވަހަށް 3 ގޯލު ޖެހުމަށްފަހު، އެމީހުން ވަގުތުން ގޯލެއް ޖަހައި، ދެން އަނެއްކާވެސް އިތުރު ގޯލެއް ޖެހީމަ މެޗު ވަރަށް ވާދަވެރިވެގެން ދިޔަ،" އޭނާ ބީބީސީ އަށް ބުންޏެވެ.

މި ނަތީޖާއާ އެކު، އާސެނަލުން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި އެކި މުބާރާތްތަކުގެ އަވޭ މެޗުތަކުގައި 5 ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖެހި 5 މެޗު ކުޅެފައެވެ. މިއީ އިނގިރޭސި ޓޮޕް ފްލައިޓް ޓީމަކުން އެއް އަހަރެއްގެ ތެރޭގައި މިފަދަ މެޗު ކުޅުނު އެންމެ ގިނަ އަދަދެވެ. މީގެ ކުރިން މި ރެކޯޑު 1892 ވަނަ އަހަރު ސަންޑަރލަންޑް އާއި 1937 ވަނަ އަހަރު މެންޗެސްޓަރ ސިޓީގައި އޮތެވެ.

މީގެ އިތުރުން، އާސެނަލުން ވަނީ ވެސްޓް ހެމާ ދެކޮޅަށް ޕްރިމިއަރ ލީގުގެ އަވޭ މެޗުތަކުގައި ޖުމްލަ 60 ގޯލު ޖަހާފައެވެ. މިއީ ޕްރިމިއަރ ލީގުގައި އެއް ޓީމަކާއި ދެކޮޅަށް އަވޭ މެޗުތަކުގައި 60 އަށްވުރެ ގިނަ ގޯލު ޖެހި ފުރަތަމަ ޓީމެވެ.

ސަކާ ވަނީ ރޭގެ މެޗުގައިވެސް އޭނާގެ ފެންވަރު ދައްކާލާފައެވެ. އޭނާ ވަނީ 1 ގޯލާއި 2 އެސިސްޓް ދީފައެވެ. މިހާރު އޭނާ ވަނީ މި ސީޒަންގައި އާސެނަލްގެ 13 މެޗުގައި 10 އެސިސްޓް ދީފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

57 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14