އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ. އެއީ ލިއާންޑްރޯ ޓްރޮސާޑް ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ހަވާޓްޒް ޖެހި ލަނޑެކެވެ.
އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗެލްސީ އަށް 35 ޕޮއިންޓު ލިބެނީ ވެސް 18 މެޗުންނެވެ.









