2024 ވަނަ އަހަރުގެ އޮގަސްޓު މަހާއި ހަމައަށް ރާއްޖޭގައި 1،907 އެކްސިޑެންޓު ހިނގާފައިވޭ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 431 އެކްސިޑެންޓުގެ އިތުރުވުުމެއް. ގިނަ އެކްސިޑެންޓުތައް ހިނގަނީ މާލެ ސަރަހައްދުގަ. މި އަހަރުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާޗު މަހުގައި ކަމަށްވާއިރު، އެ މަހު 301 އެކްސިޑެންޓު ހިނގާފައިވޭ، އަދި އެވްރެޖްކޮށް މަހަކު 200 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާކަމަށް ލަފާކުރެވޭ.
759 ދުވަސް ކުރިން - 21:16
އިކްރާމްގެ ބަންދާ ގުޅޭ ގޮތުން ދެފަހަރެއްގެ މަތިން ކޯޓު އަމުރު ނެރެވިފައިވާއިރު، ފުރަތަމަ ނެރުނު އަމުރު ހައިކޯޓުން ބާޠިލުކޮށްފައިވަނީ އޭނާއަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ދީފައިނުވާތީ. އެއަށްފަހު އަލުން ނެރުނު ކޯޓު އަމުރެއްގެ ދަށުން އިކްރާމް ހައްޔަރުކޮށް، ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮއްފައިވޭ.
759 ދުވަސް ކުރިން - 16:25
މަގުތަކާއި މީހުން ހިމާޔަތް ކުރުމަށް ދުއްވާ އެއްޗެހީގެ ސްޕީޑް ތަންފީޒުކުރުމާއި، އުޅަނދުފަހަރުގެ ގަވާއިދުތައް ހަރުކަށިކޮށް، އަޑު ތަޣައްޔަރުވުން ކޮންޓްރޯލްކުރުން ފަދަ ބޮޑެތި އަދި ކުއްލި ފިޔަވަޅުތައް ރައީސް އަޅުއްވައިފި.ސަބަބަކީ އަޅުގަނޑުމެންގެ ފުރާނަތައް އެކްސިޑެންޓް ތަކުން ސަލާމަތް ކުރުން
759 ދުވަސް ކުރިން - 14:49
މި ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ އެކްސިޑެންޓްތަކާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވޭ.
759 ދުވަސް ކުރިން - 13:14
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2 ގައި ދުއްވަމުން ދިޔަ ސައިކަލަކާއި ކާރަކާ ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި ފަރާތަށް މިވަގުތު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން.
759 ދުވަސް ކުރިން - 12:10
މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް ރައީސް އަންގަވާފައިވޭ.
760 ދުވަސް ކުރިން - 00:20
ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ، މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް.
760 ދުވަސް ކުރިން - 15:49
މަތީން ވިދާޅުވީ ރޭސް ކާރުތަކަކީ ލިބޭ އާމްދަނީއާ ނުބައްދަލު އަގު ބޮޑެތި ރޭސްކާރުތަކެއް ކަމަށާއި އެ ކާރުތައް ދުއްވަމުން ދަނީ މާލެއާ ހުޅުމާލޭގެ މަގުތަކާ ނުބައްދަލު ދުވެއްޔެއްގައި ކަމަށް. އަދި އޭގެ ސަބަބުން ގެއްލި ދަނީ މަޢުސޫމް އެތައް ފުރާނައެއް ކަމަށާއި ހަލާކު ވެގެންދަނީ އެތައްބައެއްގެ ދިރިއުޅުން ކަމަށް މަތީން ވިދާޅުވި.
760 ދުވަސް ކުރިން - 15:18
މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ). ވިސާމަކީ އެކްސިޑެންޓްގައި ހިމެނުނު ކާރު ދުއްވި ފަރާތް ކަމަށް ބެލެވޭ.
760 ދުވަސް ކުރިން - 13:46
ނިޔާވީ އުމުރުން 23 އަހަރުގެ ހަސަން ސަމާހު. ސައިކަލުގައި އޭނާ ދިޔައީ މެރަތަންގައި ބައިވެރިވުމަށް. ބާރުސްޕީޑްގައި ދިޔަ ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ނެތް
761 ދުވަސް ކުރިން - 11:01