މަގުބައްތިން ލީކުވި ކަރަންޓުގައި ޖެހުނު ޒުވާނާގެ މަރުގެ ހާދިސާއިން ، މަގުމަތީގައި ޖަހާފައި ހުންނަ ލައިޓްތައް ޤަވާޢިދުން އިންސްޕެކްޓް ނުކުރާކަން އެނގެއެވެ. އެހެންކަމުން ، ނިދިން ހޭލައި، މިފަދަ ހިތާމަވެރި އިތުރު ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިލެކްޓްރިކަލް އިންސްޓޯލޭޝަންތައް ބަރާބަރަށް އިންސްޕެކްޓް ކުރަން ޖެހެއެވެ.
862 ދުވަސް ކުރިން - 13:30
މީހުން މެރުމާއި މަރާމާރީ ހިންގުމާއި ޑްރަގް ޓްރެފިކިންގއާއި ވައްކަން ކުރުމާއި ފޭރުން ފަދަ މުޖުތަމަޢަށް ނުރައްކާތެރި ކުށްތައް ކުރުމުގައި 18 އަހަރު ނުފުރޭ ކުދިން އަމިއްލަ އިސްނެގުމުގައި އުޅެނީ މަދެއްކޮށް ނޫނެވެ. ބޮޑެތި މީހުންނާ ބައިވެރިވެގެންނާއި ބައިވެރިކުރުވައިގެން އަމަލީ ގޮތުން 18 އަހަރު ނުވާ ކުދިން އުޅޭތަން ފެންނަނީވެސް މާ ގިނައިންނެވެ.
866 ދުވަސް ކުރިން - 20:46
އެމްޑީޕީގެ ވެރިކަމުގައި މަސައްކަތްކުރީ ރާއްޖެއާއި އިޒްރޭލާއި ގުޅުން ބަދަހި ކުރުމަށެވެ. އެކަން ކުރަންވެގެން އެގްރިމެންޓުގައި 2011 ވަނަ އަހަރު ސޮއިވެސް ކުރިއެވެ. އެކަމަކު މިހާރު އެމްޑީޕީން މޮޅު ޗައްކަރެއް ޖަހައި , އިޒްރޭލް ޕާސްޕޯޓް ބޭންކުރަން އެކިޔަނީ އެމްޑީޕީގެ ތާއީދު ގެއްލިފައިވާތީ އަލުން އެތާއީދު ލިބޭތޯއެވެ. އެއީ ސީދާ "ހިޔަޅުންނެވެ."
872 ދުވަސް ކުރިން - 21:11
ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ޕަބްލިކް ވޯކް މަޝްރޫއުތައް ހިންގާފައި ހުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދީގެން. އެހެން ނަމަވެސް އެ ކުންފުނިތަކުން އިސްކަންދިނީ މަޝްރޫއުތައް ނިންމުމުގެ ބަދަލުގައި ކުންފުނީގެ އަމިއްލަ އާމްދަނީ އިތުރު ކުރުމަށް. އެއާ އެކު ބުރަބޮޑުވީ ދައުލަތުގެ ބަޖެޓަށް؛
872 ދުވަސް ކުރިން - 13:00
މާޒީގެ ބިންގަލުގެ މައްޗަށް ބިނާކޮށް ، ސިޑްސް ގައި ރާއްޖޭގެ ވަކާލާތު މުޅިން އާ އުސްމިންތަކަކަށް ގެންގޮސް ، ސިޑްސްގެ ވިސްނުން ބަދަލުކޮށް އަދި އިހުނަށްވުރެ ޙަރަކާތްތެރި ކޮމިއުނިޓީއަކަށް ބަދަލުކޮށްލި ހީރޯ އަކީ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.
874 ދުވަސް ކުރިން - 06:00
200 އަށްވުރެ ގިނަ މީހުން އެ މަރުކަޒުގައި ޚިދުމަތް ހޯދަމުން އަންނަ އިރު، އެކަށީގެންވާ ޚިދުމަތްތައް އަދި އެކަށީގެންވާ މާޙައުލެއް އެ ފަރާތްތަކަށް ޤާއިމްވެފައި ނެތްކަމުގެ ޝަކުވާތައް އަޑު އިވޭތާ އެތައް އަހަރެއް ވެއްޖެއެވެ. މި ސަރުކާރު ވެރިކަމަށް އައިސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް އަލި ދުވަސްތަކެއް އެ މަރުކަޒަށް ވަނީ ފެންނަން ފަށާފައެވެ.
875 ދުވަސް ކުރިން - 17:58
ވޭތުވެދިޔަ 30 އަހަރުގައި ސިޑްސް އަށް ކާމިޔާބު ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދައި، ހަރުދަނާ ކުރުމަށް ރައީސް ގޮވާލައްވައިފިއެވެ.
875 ދުވަސް ކުރިން - 10:48
އެސްއައިޑީއެސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގައި 2024 ވަނަ އަހަރު ދެމެހެއްޓެނިވި ތަރައްގީ ކުރިއަށް ގެންދިއުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ތިން ކަމެއް ފާހަގަ ކުރައްވައި ދިވެހީންގެ ރާއްޖޭގެ ސައިޒު ދައްކާލީ ރައީސް މުހައްމަދު މުއިއްޒު
876 ދުވަސް ކުރިން - 12:30
އިސްރާއީލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އައިސީސީން ނިންމުމަށް މަރުހަބާ ވިދާޅުވުމުގައި ރައީސް ޑރ.މުއިއްޒު އެމަނިކުފާނުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާއި ޖަވާބުދާރީވުމަށް ވައުދުވުމަކީ ދުނިޔޭގެ އިންސާފުގެ ދިފާއުގައި ރާއްޖޭގެ މަގާމު ވަރުގަދަކޮށްދޭ މުހިންމު މައިލްސްޓޯނެކެވެ.
881 ދުވަސް ކުރިން - 18:44
ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި ސާބިތުކޮށްދިން ކަމަކީ، ގޮންޖެހުންތައް ހުރި ނަމަވެސް، އެ ގޮންޖެހުންތައް ވެސް ގިރާކުރަމުން، އެކި ގޮތްތައް ހޯދައިގެން ރައްޔިތުންގެ މަންފާއަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތައް ދައުރުގެ ފަހުކޮޅަށް ނުބަހައްޓާނެ ކަމެވެ. ނަތީޖާ ދައްކަމުން އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
886 ދުވަސް ކުރިން - 22:40
"ހަފްތާ 14"ގެ ވައުދުތަކުގެ ތެރެއިންވެސް މުހިންމު މަސައްކަތްތަކެއް ހާސިލުކޮށްފައިވާއިރު އޭގެ ފަހުންވެސް ރައްޔިތުންނަށް ލުއިފަސޭހަތައް ކޮށްދިނުމުގައި ޞިއްޙީ ދާއިރާ ޚާއްސައެވެ. ވެރިކަމަށް އެންމެ ހަ މަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖެގައި ތަޢާރަފްކުރުމެވެ.
886 ދުވަސް ކުރިން - 22:08
ސަރުކާރަށް މިވީ ހަ މަސް, ފެނުނީ މިއިން ދުވަހަކު މިހައި ކުރު މުއްދަތެއްގައި ނުގެންނަ ފަދަ ކުރިއެރުމެކެވެ. މުއިއްޒުގެ ދުވެލީގައި ބިމާއި، މަގާއި ބަނދަރުން ފެށިގެން އިންޓަނޭޝަނަލް ޔޮޓްމެރީނާތަކުގެ އިތުރުން ބަންކަރިންގއާއި އަންޑަވޯޓާ ޓަނަލް ފަދަ ބިޔަ މަޝްރޫޢުތަކުން ޤައުމަށް ދިރުން ލިބިގެން މުޅިން އާ އުސްމިނަކަށް ތަރައްޤީގެ ދުވެލި ގެންދާ މަންޒަރެވެ.
886 ދުވަސް ކުރިން - 22:03