1. ކިނޮޅަސް ރައްކާތެރިކުރުމުގެ މަސައްކަތް (22 ފެބްރުއަރީ)
ކިނޮޅަހުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ މަޤްޞަދަކީ މި މައްސަލައަށް ލުއިގޮތެއް ހޯދައި، ރަށުގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި މަޝްރޫއުގެ ސަބަބުން އެރަށުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި ލޯކަލް އިޤްތިޞާދަށް އެހީތެރިވެދެވޭނެ އެވެ.
2. މާފަރު ޑްރެޖިންގ (29 މާރޗް 2024)
މާފަރުގައި ހިއްކުމުގެ އޮޕަރޭޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ ރަށަށް ވަދެވޭނެ ގޮތް އިތުރުކޮށް، ކަނޑުގެ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމަށެވެ. ދަތުރުފަތުރުގެ ވަޞީލަތްތައް ރަނގަޅުވުމުން ވިޔަފާރިތަކަށް ކުރިއެރުން ލިބި، އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ.
3، ކޮލަމާފުށި ހިއްކުމުގެ މަސައްކަތް (03 އޭޕްރީލް)
މާފަރާއި އެއްގޮތަށް ކޮލަމާފުށި ހިއްކުމުގެ މަސައްކަތުގެ ސަބަބުން ކަނޑުގެ އޮޕަރޭޝަންތައް ރަނގަޅުކޮށް ފަތުުރުވެރިކަން ފުޅާ ކުރެވި ހުވަދޫ އަތޮޅުގެ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ތަނަވަސްކަމަށް އެެހީތެރިވުމަށްޓަކައި އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރެވެއެވެ.
4، ނިލަންދޫ އެއާޕޯޓް ހިއްކުމުގެ މަސައްކަތް (10 އެޕްރީލް)
ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ވައިގެ ދަތުރުފަތުރު ފަސޭހަކޮށްދީ، ފަތުރުވެރިކަން ކުރިއެރުވުމާއި، ވިޔަފާރީގެ ދަތުރުފަތުރަށް މަގުފަހިކޮށް، ސަރަޙައްދުގެ ޖުމްލަ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭނޭ މަޝްރޫޢެކެވެ.
5. މާވަށު ބިން ހިއްކުމުގެ މަސައްކަތް (19 އޭޕްރީލް)މާވަށު ބިން ހިއްކުމުގެ މަޝްރޫއަކީ ކަނޑުގެ ވަޞީލަތްތައް ރަނގަޅުކުރުމުގެ ތެރެއިން ލޯކަލް އިޤްތިޞާދު ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ އަނެއް މުހިންމު އިންފްރާސްޓްރަކްޗަރ މަސައްކަތެވެ. މި އިސްނެގުމަކީ ގިނަ ބައެއްގެ ދިރިއުޅުމަށް މުހިއްމު މަސްވެރިކަމާއި ކަނޑުގެ ވަޞީލަތުން އެހެން ސިނާއަތްތައް އުފެދި އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތެކެވެ.
6. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން (30 އޭޕްރީލް)މޫސުމަށް އަންނަ ނޭދެވޭބަދަލުތަކާ ދެކޮޅަށް މަސައްކަތްކޮށް، ހިމަންދޫ އައްސޭރިފަށުގެ ނާޒުކު ސަރަޙައްދުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ ސްޓްރެޓިޖިކް ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބަބުން އއ.ހިމަންދޫގެ ގުދުރަތީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ދެމެހެއްޓެނިވި ގޮތެއްގައި އިކޯޓޫރިޒަމް އާލާކުރެވި ކުރިއަރާނޭ މަގުފަހިވެގެންދާނެއެވެ.
7. ފުވައްމުލަކު މަގު ހެދުމުގެ މަރުހަލާ 2 (ފެބްރުއަރީ)
ފުވައްމުލަކުގައި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާއި، ޚާއްސަކޮށް މަގު ހެދުމުގެ ސަބަބުން ވަކިން އޮންނަ މިރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން މިވަގުތަށް ހައްލުވީއެވެ. ރަނގަޅު މަގުތަކުގެ މާނައަކީ ޞިއްޙީ ފަރުވާލިބިގަތުމާއި، ތައުލީމީ ދާއިރާއަށް ލުއިތަކެއްލިބި، ރަށުގައި ހިނގާ ބިނގާވެ އުޅެ ފިހާރަތަކަށް ވަދެވޭނެ ގޮތް ފަސޭހަކުރެވި، އެކްސިޑެންޓްތައް ހިނގުން މަދުވާނެ ފަދަ ގޮތަކަށް މަގުޕްލޭން ކުރެވި ތަރައްޤީވެގެން ދިޔުމެވެ. މިމަޝްރޫޢު އެރަށުގައި ކުރިޔަށް ދަނީ ރައްޔިތުންގެ ޖުމްލަ ދިރިއުޅުމުގެ ފެންވަރަށް އެހީތެރިވެދެމުންނެވެ.
8. އިހަވަންދޫ މަގު ހެދުމުގެ މަސައްކަތް (ފެބްރުއަރީ)އިހަވަންދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އިންފްރާސްޓްރަކްޗަރ ބަދަލުކޮށް، ދަތުރުފަތުރުގެ ވަޞީލަތްތައް ރަނގަޅު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން އެރަށުގެ އިގްތިޞާދަށް ހެޔޮ އަސަރުކޮށް، ލޯކަލް އިންވެސްޓްމަންޓާއި ތަރައްޤީއަށް ހިތްވަރު ލިބިގެންދާނެ އެވެ.
9. އަލިފުށީ މަގު ހެދުމުގެ މަސައްކަތް (އެޕްރީލް)އަލިފުށީ މަގު ހެދުމުގެ އިސްނެގުމަކީ ހަރުދަނާ އުމްރާނީ ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އަނެއް މިސާލެވެ. މަގުތައް ރަނގަޅު ކުރުމުން އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެ، ރަށުގެ ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމުގެ ކުރިއެރުން ލިބިގެންދާނެ އެވެ.
މީގެ އިތުރުން ނިމިގެންދިޔަ މާތްވެގެންވާ ރަމަޟާންމަހުގައި މުސްލިމު ދިވެހި އުއްމަތަށް ސަރުކާރުން ވެދެއްވި ކާޑުގެ ބާވަތްތަކުގެ ޞަދަޤާތާއި، ޔުޓިލިޓީ ބިލްތަކުން ކަނޑާލި ބޮޑު އިންސައްތައިގެ ސަބަބުން ރައްޔިތުންގެ އަތުން ސްޓެލްކޯއަށް ލިބެންޖެހޭ އެތައް ލައްކައެއްގެ ރުފިޔާ އުނިވިޔަސް، އެކަމަށް ފަރުވާލެއް ނުބަހައްޓައި ސަރުކާރުން އިސްކުރެއްވީ ރައްޔިތުންގެ ޖީބަށް ލުއި ހޯދައިދިނުމަށެވެ. ފްލެޓްތަކުން ކަނޑާލަދިން ބޮޑު ކުލީގެ އިންސައްތައާއި އެތައް ބައެއްގެ ޖޫރިމަނާ މަޢާފްކޮށް އަދި ވެމްކޯއިން މީގެކުރިން ނަގަމުންދިޔަ ފީތައް ބޮޑުތަނުން ކުޑަކުރުމަކީވެސް ރައީސް މުއިއްޒުގެ ފުރަތަމަ ހަ މަސްދުވަހުގައި ރައްޔިތުންނަށްޓަކައި ވެދެއްވި ޤުރުބާނީތަކެވެ.
މިއީ އެންމެ ހަމަސް ތެރޭގައި އެއްވެސް ފައިސާއެއް ޗާޕުނުކޮށް، މީގެކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކުރެވުނު ސްޕީޑެއް ނޫނެވެ.މިއީ އެންމެ ހަމަސް ތެރޭގައި އެއްވެސް ފައިސާއެއް ޗާޕުނުކޮށް، މީގެކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކުރެވުނު ސްޕީޑެއް ނޫނެވެ.
ކުރިއަށް ހުރި ބައެއް މަޝްރޫއުތައް ކުރުކޮށް:
ތަރައްޤީގެ އާ ޒަމާނަކަށް ގެންދިއުމަށް ވަޢުދުވާ ބޮޑެތި ބައެއް މަޝްރޫޢުތައް ސަރުކާރުން ވަނީ ރާވާ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛
1. ކަނޑުގެ ހެޗަރީ: މި މަޝްރޫޢުގެ ސަބަބުން ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވެދީ، މަހުގެ ސަޕްލައިގެ ސްޓޭބަލްކަން ކަށަވަރުކޮށްދީ، ކަނޑުގެ ސިނާޢަތުގައި ގިނަ ވަޒީފާތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
2. އަންޑަރވޯޓަރ ޓަނަލް : ބޮޑު އަދި އާ މަޝްރޫޢެއް ކަމަށްވާ، އަންޑަރވޯޓަރ ޓަނަލްގެ ސަބަބުން ދަތުރުފަތުރުގެ ކަންކަން އިތުރަށް ލުއިވެ ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ އާދަޔާ ޚިލާފު މަންޒިލަކަށް ރާއްޖެ މުޅި ދުނިޔޭގައި ގުގުމާލާނެއެވެ. ރައީސްގެ ޚިޔާލު ހުރީ ރާއްޖޭގެ ކަނޑުއަޑީގެ ޤުދުރަތީ ރީތިކަން މި ޓަނަލްތެރެއިން ދަތުރުވެރީންނަށް ފެންނާނެ ގޮތަށް ހެދުމެވެ. އެހެންކަމަށްވާނަމަ ޤައުމަށް ބޯކޮށް ބޭރު ފައިސާ ވަދެ އިޤްތިޞާދު މެކުހަށް ޖަހާލަން މަގު ހުޅުވިގެން ދާނެއެވެ. 
3. ސީޕްލޭން ޓާމިނަލް ހަބް : ފަތުރުވެރިކަމަކީ އިޤްތިޞާދުގެ ބިންގާއެއްގެ ގޮތުގައި ދެމިއޮތްއިރު، އައްޑޫ ސިޓީގައި ސީޕްލޭން ޓާމިނަލް ހަބް ހެދުމުގެ ސަބަބުން އެސަރަޙައްދުގެ ޓޫރިޒަމް ފުޅާވެ ރައްޔިތުންގެ ޖީބަށް ވަންނަ ޑޮލަރާއި ޔޫރޯ އިތުރުވާނެއެވެ. ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވުމުގައި ސީޕްލޭން ޓާމިނަލް ހަބުން މުހިންމު ދައުރެއް އަދާކުރާނެ ތީއެވެ.
ކްރިޓިކަލް އިންފްރާސްޓްރަކްޗާތަކަށް އިންވެސްޓްކޮށް، ސަރުކާރުން ދަނީ މިހާރުގެ ބޭނުންތަކަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން އަންނަން އޮތް ޖީލުތަކަށް އިހުސާސް ކުރެވޭނެ ދިގު މުއްދަތުގެ ފައިދާތަކަށް މަގުފަހިކޮށްދެމުންނެވެ.
ރާއްޖެ އާ އުސްމިނަކަށް
4. އޭޕްރީލް 2024 ގައި ޗައިނާގެ ސީއޭއެމްސީއީ އާއިއެކު ވަނީ އޮފްޝޯ ބޭންކިން ދާއިރާ، ކްރޫޒް ޓާމިނަލް، ސުޕަ ޔޮޓް މެރީނާ، އީކޯ ރިސޯޓް، ސްޓޯރޭޖް ފެސިލިޓީ، އަދި ޓްރާންސްޝިޕްމަންޓް ޕޯޓް ފަދަ ބޮޑު މަޝްރޫޢުތަކެއް ތަރައްޤީ ކުރުމަށް މުހިންމު އެއްބަސްވުމެއް ހަދާފައެވެ. އެމްޕީއެލްއިން އިސްނެންގެވި މި މަޝްރޫޢުތަކަކީ ރާއްޖެ މިއޮތް ފުޅާ ސަރަޙައްދުގެ ފުރިހަމަ ބޭނުން ހިފައި ބޮޑެތި ފައިދާތަކެއް ގެނެސްދީ، އިޤްތިޞާދީ ކުރިއެރުން އަޑުކިޔާވަރަށް ކުރިއަރައި، ފަތުރުވެރިކަން އިތުރުކޮށް، ދުނިޔޭގެ މައިދާނުގައި މިޤައުމުގެ ދަރަޖަ މަތިކުރުމަށް ތައްޔާރަށް ހުރި މަޝްރޫޢުތަކެކެވެ.
އިޤްތިޞާދީ ކުރިއެރުމާއި ތަފާތުކުރުން
5. އޮފްޝޯ ބޭންކިން : އޮފްޝޯ ބޭންކިން ދާއިރާއެއް ޤާއިމްކުރުމުން ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތައް ޝައުގުވެރިވެ، އިންޑިއާ ކަނޑުގެ މާލީ މަރުކަޒެއްގެ ގޮތުގައި ދިވެހީންގެ ރާއްޖެ ޕޮޒިޝަންކުރެވޭނެއެވެ. މިއީ އިޤްތިޞާދީ ގޮތުން ޤައުމުގެ ދުވެލި އިތުރުވެ، ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރިކޮށްދޭނެ ކަމެކެވެ.
6. ސްޓޯރޭޖް ފެސިލިޓީއާއި ޓްރާންސްޝިޕްމަންޓް ޕޯޓް : ޒަމާނީ ސްޓޯރޭޖް ފެސިލިޓީއަކާއި ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްޤީކުރުމުން ރާއްޖޭގެ ލޮޖިސްޓިކްސް ކެޕޭސިޓީ އިތުރުވެ، ސަރަޙައްދީ އަދި ދުނިޔޭގެ ވިޔަފާރީގެ މަގުތަކުގައި މުހިންމު ނޯޑަކަށް ވެގެންދާނެއެވެ. މިއީ ހަމައެކަނި ވަޒީފާ އުފެއްދުމުގެ އިތުރުން ޝިޕިންގ، ގުދަން، އަދި ޑިސްޓްރިބިއުޝަން ފަދަ އެންސިލަރީ އިންޑަސްޓްރީތައް ވެސް ހީވާގިވާނެ ކަމެކެވެ.
7. ކްރޫޒް ޓާމިނަލް އަދި ސުޕަރ ޔޮޓް މެރީނާ : މި ފެސިލިޓީތަކުގެ ސަބަބުން "ހައި އެންޑް" ޓޫރިޒަމް މާކެޓަށް ޚިދުމަތް ދިނުމާއި، މުއްސަނދި ފަތުރުވެރިން ގެނުވައި، ފަތުރުވެރިކަމުގެ ޢާމްދަނީ އިތުރުވެގެންދާނެއެވެ. ޤައުމު ވެގެންދާނީ ލަގްޒަރީ ކްރޫޒް ލައިންތަކާއި އަމިއްލަ ޔޮޓް އޯނަރުންގެ އިސްކަންދޭ މަންޒިލަކަށެވެ. ލޯކަލް އިޤްތިޞާދު ކުރިއަރުވައި، ފަތުރުވެރިކަމާއި އެއާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތަކުގައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނެއެވެ. 
. އީކޯ ރިސޯޓް : ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މި މަޝްރޫޢަކީ އީކޯ ފްރެންޑްލީ ދަތުރުފަތުރުގެ ދުނިޔޭގެ ޓްރެންޑްތަކާ އެއްގޮތްވާ މަޝްރޫއެކެވެ. އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއެކު، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ލީޑަރެއްގެ ގޮތުގައި މުޅި ދުނިޔޭގައި ރާއްޖޭގެ އަގު އަރައިގެންދާނެއެވެ. މިނޫނަސް ސަރުކާރުގެ މި ފުރަތަމަ ހަމަސް ދުވަހުގައި ގިނަ މަޝްރޫޢުތަކެއް ޕްލޭން ކުރެވިފައި ވެއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ދެކުނު އޭޝިއާ، އިރުމަތީ އެފްރިކާ، އަދި މެދުއިރުމަތީގެ ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތަކަށް މަގުފަހިވެ، ސަރަޙައްދީ އިންޓަގްރޭޝަނާއި އެއްބާރުލުން އިތުރުވެގެންދާނެ އެވެ.
ދުނިޔޭގެ ރޭންކިންގ އަދި ކުރިމަގު:
މި ސްޓްރެޓެޖިކް ޑިވެލޮޕްމަންޓްތަކާއެކު ރާއްޖެ މިވަނީ މުހިންމު ބައެއް ދާއިރާތަކުން ދުނިޔޭގެ ރޭންކިންގ މަތިކުރުމަށް ތައްޔާރުވެފައެވެ:
އިޤްތިޞާދީ ވާދަވެރިކަން : އިޤްތިޞާދު ތަފާތުކުރުމާއި ހަރުދަނާ މާލީ އަދި ލޮޖިސްޓިކްސް ދާއިރާތައް ޤާއިމުކުރުމަކީ ދުނިޔޭގެ މައިދާނުގައި ރާއްޖޭގެ ދަރަޖަ މަތިވެ، ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރި ކުރުވާނެ ކަމެކެވެ.
ޓޫރިޒަމް އެކްސެލެންސް : މަތީ ފެންވަރުގެ ޓޫރިޒަމް އިންފްރާސްޓްރަކްޗަރ އިތުރުކުރުމުން ދުނިޔޭގެ ފަތުރުވެރިކަމުގެ މި "ސުވަރުގޭގެ" މަޤާމު ވަރުގަދަވެ، ދުނިޔޭގެ އެންމެ މަތީ ލަގްޒަރީ ޓޫރިޒަމް މަންޒިލްތަކުގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އެބައޮތެވެ.
ދެމެހެއްޓެނިވި ތަރައްޤީ: އީކޯ ރިސޯޓާއި ދެމެހެއްޓެނިވި އެހެން އިސްނެގުމުގައި ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތައް "ދުނިޔޭގެ ހަވާގައި" ސިއްކަ ޖެހޭނެއެވެ. ދެމެހެއްޓެނިވި ރޭންކިންގައި އީކޯ ރިސޯޓްތަކުގެ ސަބަބުން ރާއްޖެއަށް ތައުރީފާއި ޝަރަފު ލިބިގެންދާނެއެވެ.
މުއިއްޒު ދުވެލީގައި މި ހަ މަސްތެރޭގައި ހިނގި ޕްރޮޖެކްޓުތަކާއި ހެދި ޕްލޭންތަކުގެ ސަބަބުން ރާއްޖެއަށް އޮތީ ބަދަލުވެރި ޒަމާނެކެވެ. ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމާއި، ދުނިޔޭގެ ޙާޟިރީ އިތުރުވުމާއި، ސަރަޙައްދީ ލީޑަޝިޕްގެ މަރުޙަލާތަކެވެ. ރައީސް ޑރ.މުޢިއްޒުގެ ދުވެލީގައި ޗައިނާގެ ކުންފުންޏާއެކު އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕާޓްނަޝިޕަކީ 21 ވަނަ ޤަރުނުގައި ރާއްޖެއަކީ ޑައިނަމިކް އަދި ކުރިމަގު ފުޅާ ޤައުމެއްގެ ގޮތުގައި ޕޮޒިޝަންކޮށް، ތަޞައްވުރު ބޮޑު އަދި ތަފާތު މުސްތަޤުބަލަކަށް އެޅި ފިޔަވަޅެކެވެ. މިއީ އެބުނާ މުއިއްޒު ދުވެެއްޔެވެ.



