އެސްއައިޑީއެސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ 2024 ވަނަ އަހަރު ދެމެހެއްޓެނިވި ތަރައްގީ ކުރިއަށް ގެންދިއުމުގައި އަމިއްލަ ފަރާތްތަކުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައެވެ. މި ނާޒުކު ގައުމުތަކުގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންވާ މުހިންމު ތިން ކަމެއް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެސްއެމްއީ އާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓްތައް ކުރިއެރުވުން:
މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިންގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ރައީސް ޑރ.މުއިއްޒު ގޮވާލެއްވީ ވިޔަފާރިތަކުން އޮޕަރޭޝަންތައް ތަފާތުކޮށް، ދެމެހެއްޓެނިވި އުސޫލުތައް ގެންގުޅުމަށެވެ. އަމިއްލަ ފަރާތްތަކުގެ ކުރިއެރުމަށް ފަހި މާހައުލެއް ގާއިމްކޮށް، ކެޕޭސިޓީ ބިލްޑިންގ އަށް މަގުފަހިކޮށްދީ، ފައިނޭންސިންގ އަށް އާ މަގުތައް ހުޅުވާލުމަށް ސަރުކާރުތަކުން މަސައްކަތް ކުރެއްވުން މުހިއްމު ކަމަށް ދިވެހީންގެ ރައީސް ފާހަގަކުރެއްވިއެވެ.

[ސިޑްސް ގެ ޖީބީއެން ފޯރަމްގައި ރައީސް ތަޤުރޫރު ކުރައްވަނީ - އެމަނިކުފާނު ހުށަހެޅުއްވީ ދެން ކަންތައް ކުރަންވީ ގޮތް]
އިންކްލޫސިވިޓީއާއި ކޮމިއުނިޓީ އެމްޕަވަރމަންޓަށް އިސްކަންދިނުން:
ކުދި މުޖުތަމަޢުތަކުގެ މައިބަދަ ކަމަށްވާ ލޯކަލް ވިޔަފާރިތަކުގެ ދައުރަށް އަލިއަޅުވާލައްވަމުން ދިވެހީންގެ ރައީސް ވަނީ ވިޔަފާރިތަކާއި ސަރުކާރުތަކުގެ ގުޅުން އިތުރުކުރުމަށް ލޯކަލް ވިޔަފާރިތައް ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މުޖުތަމައު ބާރުވެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މިސާލުތަކެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމަށްޓަކައި އެމީހުންގެ ވިޔަފާރިތަކަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ދޭނެކަން އިޢުލާން ކުރެއްވިއެވެ.
ބަދަހި ގުޅުމަކާއި ހިއްސާކުރެވޭ ތަޖުރިބާ:
މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސާދީ ނާޒުކުކަމާއި، ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވަމުން ރާއްޖޭގެ ރައީސް ޑރ.މުއިއްޒު ގޮވާލެއްވީ ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށެވެ. ވަކާލާތު ކުރެއްވީ އިންވެސްޓްމަންޓާއި އިނޮވޭޝަން ކުރިއެރުވުމަށް ސަޕޯޓިވް ރެގިއުލޭޓަރީ މާހައުލެއް އުފެއްދުމަށް މެދުނުކެނޑި މަޝްވަރާތަކާއި ޕާޓްނަޝިޕް ތަރައްގީކުރުމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މި އަމަލުތަކަކީ - އިންވެސްޓްމަންޓް ކުރިއެރުވުމާއި، އިންކްލޫސިވިޓީއަށް އިސްކަންދިނުމާއި، ޕާޓްނަޝިޕްތައް އުފެއްދުމަކީ- އެސްއައިޑީއެސްގައި ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ކެތްތެރިކަން ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެކެވެ.އެމަނިކުފާނު ގޮވާލެއްވީ ބޭންކުތަކާއި މަލްޓިލޭޓަރަލް އިންސްޓިޓިއުޝަންތަކާއި އެހެނިހެން މާލީ އިދާރާތަކަށް ފައިނޭންސިން އަށް ތަނަވަސްކަމުގެ ބްރިޖެއްގެ ގޮތުގައި މަސައްކަތް ކުރާކަން ކަށަވަރުކޮށްދިނުމަށެވެ.

[ސިޑްސްގެ މަތީ ފެންވަރުގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޑރ.މުޢިއްޒުގެ މޮޅެތި ޚިޔާލުފުޅުތަކުން ރާއްޖޭގެ ސައިޒް ހާމަވެގެންދިޔަ]
ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް އެހީތެރިވެ، ވިޔަފާރިވެރިކަމަށް ފަހި މާހައުލެއް ގާއިމްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތްތައް އަލުން ކަށަވަރުކޮށްދެއްވިއެވެ. އެސްއައިޑީއެސްގެ އިގްތިސާދުތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް އަތުލައިގަތުމަށް އަމިއްލަ ފަރާތްތަކަށް އިލްތިމާސް ކުރައްވައި، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލެއްގެ މަގުގައި އެއްބައިވަންތަކަމާއި އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ފޯރަމްގައި ދިވެހީންގެ ރާއްޖޭގެ ސައިޒު ދައްކާލީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕީޗުން އިލްތިމާސްކުރެއްވި ކަންތަކެވެ. ދެއްވި ޚޔާލުފުޅުތަކެވެ.
އެސްއައިޑީއެސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2024 އަކީ މާނަހުރި މަޝްވަރާތަކާއި އެއްބާރުލުންތަކުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކުރިއަށް އޮތް ކޮންފަރެންސަށް އުއްމީދީ ރާގެއް ކަނޑައަޅައި، އެސްއައިޑީއެސްއަށް ކެތްތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބައްޓަންކުރުމުގައި އަމިއްލަ ފަރާތްތަކުގެ މުހިންމު ދައުރަށް އަލިއަޅުވާލި ފޯރަމެކެވެ.



