ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައި.
688 ދުވަސް ކުރިން - 21:01
ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށް، ޒަކާތު ހައުސްއިން ތައްޔާރުކޮށްފައިވާ ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ނެރެފި.
693 ދުވަސް ކުރިން - 10:05
އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް.
718 ދުވަސް ކުރިން - 10:36
މި މަހު 28 ގައި މި ކޮންފަރެންސް ބާއްވަނީ އިސްލާމީ މަރުކަޒުގައި. މި ކޮންފެރެންސުގައި ޒަކާތުގެ މަންފާ އޭގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ.
721 ދުވަސް ކުރިން - 10:55
ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި މި އިމާރާތް އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި. އަދި 2025 ވަނަ އަހަރު އިމާރާތުގެ މަސައްކަތް ފެށޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވި.
742 ދުވަސް ކުރިން - 18:32
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޙިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތެއް އެދިލެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި.
742 ދުވަސް ކުރިން - 13:34
މި އެއްބަސްވުމަކީ ރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި، އަދި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރި.
757 ދުވަސް ކުރިން - 22:37
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4,000 ރުފިޔާ ބޮލަކަށް ޖެހޭއިރު މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި.
762 ދުވަސް ކުރިން - 12:22
މިނިސްޓްރީން ބުނީ ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަމަށް. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށްގެން.
763 ދުވަސް ކުރިން - 14:04
ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައި. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނޭ. މީގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައި.
791 ދުވަސް ކުރިން - 15:08