Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް ރާއްޖެއާއި މެލޭޝިއާ އެއްބަސްވުމުގައި ސޮއިކޮށްފި

އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް ރާއްޖެއާއި މެލޭޝިއާ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
634 ދުވަސް ކުރިން - 20 އޮކްޓޫބަރު 2024 22:37
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މި އެއްބަސްވުމަކީ ރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި، އަދި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރި.

އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިއާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޒަކާތު ހައުސްގެ އިސް ބޭފުޅުން މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ.

މި މުހިންމު އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒުއްދީން ޢަދްނާނެވެ. އަދި މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މި ޚަބަރު ކަށަވަރުކޮށްދެމުން ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި، އަދި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

Advertisement

Advertisement 1

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ އިޤްތިޞާދީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މެލޭޝިއާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

އިސްލާމިކް މިނިސްޓްރީޒަކާތު ހައުސް
Ad
Ad

ގުޅޭ ޚަބަރުތައް

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

18 ގަޑިއިރު ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

5 ދުވަސް ކުރިން - 22:51

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

61 ދުވަސް ކުރިން - 15:08

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

77 ދުވަސް ކުރިން - 18:00

ޒަކާތު ކުއިޒް 1447ގެ ނަސީބުވެރިޔާއަށް އުމްރާ ދަތުރު ހަވާލުކޮށްފި

ޒަކާތު ކުއިޒް 1447ގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

94 ދުވަސް ކުރިން - 22:18

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް

ޒަކާތު ފައިސާއިން 500،000 ރުފިޔާ ޢައްޒާއަށް

118 ދުވަސް ކުރިން - 13:53

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%