Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަންނަ އަހަރު ހުޅުމާލޭގައި ޒަކާތު ހައުސްގެ އިމާރާތެއް އަޅަން ނިންމައިފި

އަންނަ އަހަރު ހުޅުމާލޭގައި ޒަކާތު ހައުސްގެ އިމާރާތެއް އަޅަން ނިންމައިފި

އާނާ ފަހީމް
574 ދުވަސް ކުރިން - 4 ނޮވެންބަރު 2024 18:32
"ވަންގަވް" މެދުވެރިކޮށް ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަދައްކަވަނީ.
"ވަންގަވް" މެދުވެރިކޮށް ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަދައްކަވަނީ.
ޚުލާސާ

ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި މި އިމާރާތް އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި. އަދި 2025 ވަނަ އަހަރު އިމާރާތުގެ މަސައްކަތް ފެށޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވި.

އަންނަ އަހަރު ހުޅުމާލޭގައި ޒަކާތު ހައުސްއަށް ޚާއްސަ އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ "ވަންގަވް" މެދުވެރިކޮށް ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވިގޮތުގައި މި އިމާރާތް އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ. އަދި 2025 ވަނަ އަހަރު އިމާރާތުގެ މަސައްކަތް ފެށޭނެކަމަށް އުންމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement

"އަމާޒަކީ މޯލްޑިވްސް ޒަކާތު ހައުސް ހުޅުމާލޭގައި ޤާއިމްކުރުން. މިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަނީ ފެށިފައި. ބިން ވަނީ ހަމަޖެހިފައި. 2025 އަހަރު ބިލްޑިން އެޅުމުގެ މަސައްކަތް ފެށިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒަކާތު ހައުސްއަކީ ރާއްޖޭގައި ހުރި އެންމެ ހަރުދަނާ އަދި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ އިޖްތިމާއީ މުއައްސަސާއަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި ޒަކާތުގެ ބެނެފިޝަރީންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ދިނުމަކީވެސް މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިސްލާމީ ދީނުގައި އޮތް އިޖްތިމާއީ އެންމެ ބޮޑު ފަންޑަކީ ޒަކާތުގެ ފަންޑު. އެހެންކަމުން ޒަކާތުގެ ބެނެފިޝަރީންނަށް އެންމެ މަތީ ޚިދުމަތެއް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެގެންދާނީ މުހިންމު ޤައުމީ އިދާރާއަކަށް." ވަޒީރު ވިދާޅުވިއެވެ.

ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޚިދުމަތް "ވަންގަވް" ޕްލެޓްފޯމަށް ތަޢާރަފްކުރުމާއެކު، މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެކަމަށް ވަނީ އިއުލާނު ކޮށްފައެވެ. މި ބަދަލާއެކު، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތަށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ޓްރޭޑް ނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވިގޮތުގައި މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ 17 އިދާރާއެއް "ވަންގަވް" ޕްލެޓްފޯމަށް ގެނައުމަކީ އަމާޒެކެވެ. މިއީ ސަރުކާރުގެ "އެއްފުރާޅުގެ" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ސައީދާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ފައްޓަވާފައިވާ އެއްފުރާޅު ކުރުމުގެ ސިޔާސަތުގެ ދަށުން ޑިޖިޓަލް ފޯމެޓެއްގައި ވަންގަވްގެ ޕްލެޓްފޯމަށް ގެނެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަމާއެކު މުޅި ރާއްޖެއަށް ފުޅާވެގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް." ސައީދާ ވިދާޅުވިއެވެ.

ސައީދާ އިތުރަށް ވިދާޅުވީ ވަންގަވް މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތަށް އެދުމުގެ ޚިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ފަސޭހަވެގެންދާނެ ޚިދުމަތެއް ކަމަށެވެ. އަދި މިއާއެކު އެހެން ވުޒާރާތަކުގެ އެކި ޚިދުމަތްތައްވެސް ވަންގަވްއަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސައީދާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުޒަކާތު ހައުސް

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

9 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

12 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

19 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

20 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

21 ގަޑިއިރު ކުރިން - 11:51

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

22 ގަޑިއިރު ކުރިން - 10:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%